Advertisement

އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ބާއްވާ "ބްލެކް މާލިން" ތަމްރީނު ފަށައިފި

5 މޭ 2024 - 18:37 0

ނިމާ ހަސަން

ނިމާ ހަސަން

އެމެރިކާ ސިފައިންނާއި އެމްއެންޑީއެފް ގުޅިގެން ތަމްރީނުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް


އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ބާއްވާ "ބްލެކް މާލިން" ތަމްރީނު ފަށައިފި

5 މޭ 2024 - 18:37 0

ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން އެކްސަސައިޒް "ބްލެކް މާލިން"ގެ ނަމުގައި ހާއްސަ ތަމްރީނުތަކެއް މިއަދު ފަށައިފި އެވެ.

މި ތަމްރީނު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 28ގެ ނިޔަލަށެވެ. މި ތަމްރީނުތަކުގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓާ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފަ އެވެ. އޭގެ ތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ހިމެނެ އެވެ.

އެމްއެންޑީއެފުން ބުނީ, އިންފެންޓްރީ އެސްއެމްއީއީ ކުރިއަށް ގެންދާނީ ލ. ކައްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގަ ކަމަށެވެ.

މި ތަމްރީނުތަކުގެ ތެރެއިން "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް" އެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފަ އެވެ. އެއީ އެމްއެންޑީއެފުން ބުނި ގޮތުގައި އެ ޕްރޮގްރާމާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިން ޕްރޮސެސްއާއި ޓްރެއިނިން މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެެމެރިކާއާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތައް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. މި ރަސްމިއްޔާތުގައި މޭޖާ ޖެނެރަލް ހިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖާ ޖެނެރަލް ޕީޓާ ރޮނެކް ވަނީ ވާހަކަ ދައްކަވާފަ އެވެ.