Advertisement

ވެމްކޯ މުވައްޒަފަކު ގެއެއްގެ ދޮރު މައްޗަށް ކުނި އަޅާ ވީޑިއޯއެއް އާންމުވެއްޖެ

26 އޭޕްރީލް 2024 - 11:17 0

މ. އައިލެކްސް ދޮރުމަތީގައި ވެމްކޯ މުވައްޒަފު ބެހެއްޓި ކުނިތައް: އާންމުން ކުނި އަޅާ މަންޒަރު މާލޭ ސިޓީ ކައުންސިލުން ވެސް އާންމު ކުރޭ -- ފޮޓޯ: އިބްރާހިމް ރަޝީދު


ވެމްކޯ މުވައްޒަފަކު ގެއެއްގެ ދޮރު މައްޗަށް ކުނި އަޅާ ވީޑިއޯއެއް އާންމުވެއްޖެ

26 އޭޕްރީލް 2024 - 11:17 0

ކުނި ނެގުމުގެ ޒިންމާ އޮންނަ ސަރުކާރުގެ ކުންފުނި ވެމްކޯގެ މުވައްޒަފަކު ގެއެއްގެ ދޮރު މައްޗަށް ކުނި ކޮތަޅުތަކެއް އަޅާ މަންޒަރުގެ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ވެމްކޯ މުވައްޒަފަކު ގެއެއްގެ ދޮރު މައްޗަށް ކުނި އަޅާ ވީޑިއޯއެއް އާންމު ކުރީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

އޭނާ އާންމު ކުރި ސީސީޓީވީ ފުޓޭޖުން ފެންނަނީ ކުނި ނަގަން ގެންގުޅޭ ފެހި ކުލައިގެ ބޮޑު ޑަސްބިނާއެކު އައި މީހަކު ފަސް ކުނި ކޮތަޅު ގެއެއްގެ ކުރިމަތީގައި ޖަހާފައި އޮތް ޕެލެޓެއްގެ މަތީގައި ބަހައްޓާ ތަނެވެ.

ކުނި ކޮތަޅު ބެހެއްޓި ފަހުން، މަގުގެ ދެކޮޅު ބަލައިލުމަށްފަހު އޭނާ ދާ މަންޒަރު ވެސް ފެނެ އެވެ. އެއިރު މަގުމަތިން ދަމާފައި ގެންދާ ފެހި ކުލައިގެ ބޮޑު ޑަސްބިން ފުރި ބާރުވެފައި އޮތް މަންޒަރު ފެނެ އެވެ.

ވެމްކޯގެ މުވައްޒަފު ކުނި ކޮތަޅުތަކެއް އަޅައިލީ ޖަވާހިރު މަގުގައި ހުންނަ މ. އައިލެކްސް ގޭ ކުރިމައްޗަށެވެ. އެއީ ބޮންޑޭ ދިރިއުޅޭ ގެއާ ޖެހިގެން ހުންނަ ގެއެވެ.

ކުނި ނެގުމުގެ ޒިންމާ އޮންނަ ވެމްކޯގެ މުވައްޒަފުން ކުނި އަޅާ މަންޒަރު އާންމުވެފައި މި ވަނީ މާލޭގެ މަގުތަކާއި އާންމު ތަންތަނަށް ކުނި އަޅާ މަންޒަރު މާލެ ސިޓީ ކައުންސިލުން އާންމު ކުރަމުންދާ ދުވަސްވަރެއްގެ އެވެ.

ކުނި އަޅާ މީހުންގެ ވީޑިއޯ އާންމުކޮށް ޖޫރިމަނާ ކުރަން ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ވީޑިއޯ އާންމުކޮށް ޖޫރިމަނާ ކުރަން ފެށީ މިދިޔަ ރޯދަ މަސް ފެށުނުރު އިރަށް މުޅި މާލެ ކުނިން ފުރުމުންނެވެ.