Advertisement

މޯލްޑިވިއަންއިން ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށައިފި

25 އޭޕްރީލް 2024 - 21:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވިއަންއިން ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުން -- ފޯޓޯ: މޯލްޑިވިއަން


މޯލްޑިވިއަންއިން ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށައިފި

25 އޭޕްރީލް 2024 - 21:56 0

މޯލްޑިވިއަންއިން ސްރީލަންކާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް މިރޭ ފަށައިފި އެވެ.

މޯލްޑިވިއަންއިން އިން ބުނީ އެ އެއާލައިނުން ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށައި ފުރަތަމަ ފްލައިޓު މިރޭ 23:35 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވިއަންއިން ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަނީ އޭ-320 މަރުކާގެ ބޯޓަކުންނެވެ.

މޯލްޑިވިއަންއިން ލަންކާއާއި ރާއްޖެއާ ދެމެދު ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓެއް ބާއްވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ލަންކާއަށް ދަތުރު ކުރުމަށް މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕް އަދި ޓިކެޓިން އޮފީސްތައް މެދުވެރިކޮށް ޓިކެޓު ނެގޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވިއަންއިންގެ ދަތުރުތައް ކުރަމުން އަންނައިރު، މޯލްޑިވިއަންއިން އަންނަނީ ރާއްޖޭގެ 16 ސަރަހައްދަކަށްވެސް ދަތުރުތައް ކުރަމުންނެވެ.