Advertisement

މޯލްޑިވިއަންއިން ޓްރިވެންޑްރަމާއި ކޮޗިންއަށް ފްލައިޓްތައް އިތުރުކޮށްފި

މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންކުރާ ފްލައިޓެއް -- ފޮޓޯ؛ މޯލްޑިވިއަން


މޯލްޑިވިއަންއިން ޓްރިވެންޑްރަމާއި ކޮޗިންއަށް ފްލައިޓްތައް އިތުރުކޮށްފި

ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓްތައް ޓްރިވެންޑްރަމް އަދި ކޮޗިންއަށް އިތުރުކޮށްފި އެވެ.

މޯލްޑިވިއަންއިން ޓްރިވެންޑްރަމްއަށް ފްލައިޓްތައް އިތުރުކުރީ މެއި، 6 އާއި މެއި، 10 އަދި މެއި، 20 ގައި ދަތުރު ކުރުމަށެވެ.

އެގޮތުން މާލެއިން ޓްރިވެންޑްރަމްއަށް ރޭގަނޑު 19:35 އަށް ޝެޑިއުލް ކުރިއިރު،، ޓްރިވެންޑްރަމްއިން މާލެއަށް އައުމަށް ޝެޑިއުލްކުރީ 22:20 އަށެވެ.

މޯލްޑިވިއަންއިން ކޮޗިންއަށް ފްލައިޓްތައް އިތުރުކުރީ މެއި، 8 އާއި މެއި، 17 އާއި މެއި، 21 އަދި ޖޫން، 19 ގައި ދަތުރު ކުރުމަށެވެ.

މިގޮތުން މާލެއިން ކޮޗިންއަށް ރޭގަނޑު 19:35 އަށް ދަތުރު ކުރުމަށް ޝެޑިއުލް ކުރިއިރު، ކޮޗިންއިން މާލެއަށް ދަތުރު ކުރުމަށް ޝެޑިއުލްކުރީ 22:35 އަށެވެ.

މޯލްޑިވިއަންއިން ފްލައިޓްތައް އިތުރު ކުރަމުން އަންނައިރު، މެއި، 9 ގައި ފުނަދޫއަށް ވެސް އިތުރު ފްލައިޓެއް ބާއްވަން ވަނީ ނިންމާފަ އެވެ.

މާލެއިން ފުނަދޫއަށް ހެނދުނު 06:15 ގެ ފްލައިޓުން ފުރާ ގޮތަށް ޝެޑިއުލް ކޮށްފައިވާއިރު، ފުނަދޫއިން މާލެއަށް އައުމަށް ޝެޑިއުލް ކޮށްފައި ވަނީ ހެނދުނު 07:40 ގެ ފްލައިޓުންނެވެ.