Advertisement

ސްރީލަންކަން އެއާލައިންސް ގަންނަން 6 ކުންފުންޏަކުން ޝައުގުވެރިވެއްޖެ

25 އޭޕްރީލް 2024 - 09:53 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސްރީލަންކަން އެއާލައިންސް ގަންނަން 6 ކުންފުންޏަކުން ޝައުގުވެރިވެއްޖެ

25 އޭޕްރީލް 2024 - 09:53 1

ސްރީލަންކަން އެއާލައިންސް ގަންނަން ހަ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ސްރީލަންކަން އެއާލައިންސް ގަތުމަށް ރިކުއެސްޓް ފޯ ކޮލިފިކޭޝަން (އާރްއެފްކިއު) ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، ހަ ކުންފުންޏަކުން ވަނީ އެ އެއާލައިން ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯޒަލް ހުށަހަޅައިފަ އެވެ.

ސްރީލަންކާގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އެންޓަޕްރައިޒް ރީސްޓްރަކްޗަރިން ޔުނިޓް (އެސްއާރްޔޫ) އިން އެ ހަ ޕްރޮޕޯޒަލް ވެސް ބަލައިގަނެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްރީލަންކަން އެއާލައިންސް ގަތުމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި އެއާ އޭޝިއާ، ދަރްހާން އެލީޓް އިންވެސްޓްމަންޓް ހޯލްޑިން، ހާލޭސް، ޝެރިޝާ ޓެކްނޮލޮޖީސްގެ އިތުރުން ފިޓްސް އެވިއޭޝަން އަދި ޓްރެޝާ ރިޕަބްލިކް ގާޑިއަންސް ހިމެނެ އެވެ.

ލަންކާ ސަރުކާރުގެ 99.52 ޕަސަންޓުގެ ހިއްސާ އޮންނަ ސްރީލަންކަން އެއާލައިންސް ވިއްކާލަން މަސައްކަތް ކުރަމުން އަންނަނީ މެޖޯރިޓީ ހިއްސާއާއެކުގަ އެވެ.

ސްރީލަންކަން އެއާލައިންސް ވިއްކާލުމުގެ ޕްރޮސެސް މި އަހަރުގެ ސެޕްޓަރުގެ ނިޔަލަށް ނިންމާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކަން އެއާލައިންސްއިން އަންނަނީ 61 ގައުމުގެ 126 މަންޒިލަށް ދަތުރުތައް ކުރަމުންނެވެ. އަދި އަހަރެއްގެ މައްޗަށް 15،000 ދަތުރު އެ އެއާލައިނުން ކުރެ އެވެ.