Advertisement

ލަންކާގެ މައްޓަލަ އެއާޕޯޓު ހިންގުން ރަޝިއާ އަދި އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި

26 އޭޕްރީލް 2024 - 22:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލަންކާގެ މައްޓަލަ އެއާޕޯޓް: ހިންގުން ރަޝިއާ އަދި އިންޑިއާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި -- ފޮޓޯ: ހޭންޑްއައުޓް


ލަންކާގެ މައްޓަލަ އެއާޕޯޓު ހިންގުން ރަޝިއާ އަދި އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި

26 އޭޕްރީލް 2024 - 22:38 0

ސްރީލަންކާގެ މައްޓަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ރަޝިއާ އަދި އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރަން ނިންމައިފި އެވެ.

މައްޓަލަ އެއާޕޯޓު ހިންގުމަށް ޝައުގުވެރިކަން ފާޅުކުރި ރަޝިއާ އަދި އިންޑިއާގެ ކުންފުންޏާ ހަވާލު ކުރަން ނިންމީ ލަންކާގެ ކެބިނެޓުންނެވެ.

އެ އެއާޕޯޓު ރަޝިއާ އަދި އިންޑިއާގެ ކުންފުނިން ހިންގާނީ ގުޅިގެންނެވެ. ހިންގުން ހަވާލުކުރީ 30 އަހަރަށެވެ.

މައްޓަލަ އެއާޕޯޓް ތަރައްގީކުރީ ޗައިނާގެ އެގްޒިމް ބޭންކުން ފަންޑުކޮށްގެން 209 މިލިއަން ޑޮލަރަށެވެ.

އެ އެއާޕޯޓު ތަރައްގީކުރުމަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ލޯނު ރީ ސްޓްރަކްޗާ ކުރުމަށް ލަންކާއިން އަންނަނީ ޗައިނާއާ މަޝްވަރާ ކުރަމުންނެވެ.

މައްޓަލަ އެއާޕޯޓު 2013 ވަނަ އަހަރު އޮޕަރޭޓު ކުރަން ފަަށާފައިވާއިރު، އެއާޕޯޓަށް ގިނަ ފްލައިޓްތަކެއް ނުޖައްސަ އެވެ.