Advertisement

މައުލޫމާތު ހިއްސާ ކުރަން ޑީއެންއާރްއާއި ދިރާގުން އެމްއޯޔޫއެއްގައި ސޮއިކޮށްފި

25 އޭޕްރީލް 2024 - 16:54 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މައުލޫމާތު ހިއްސާ ކުރަން ޑީއެންއާރްއާއި ދިރާގުން އެމްއޯޔޫއެއްގައި ސޮއިކޮށްފި

25 އޭޕްރީލް 2024 - 16:54 1

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބަލަހަށްޓާ މައުލޫމާތު ހިއްސާކުރަން އެ އިދާރާއިން ދިރާގާ އެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޑީއެންއާރްއިން ބުނީ މިއަދު ސޮއިކުރި އެމްއޯޔޫ އަކީ އެތަނުން ބަލަހައްޓަމުން އަންނަ، ދިވެހި ރައްޔިތުންގެ މައުލޫމާތު ދިރާގާ ހިއްސާ ކުރުމުގައި ދެ ފަރާތުން ގެންގުޅެން ޖެހޭ އުސޫލުތައް ބަޔާންކޮށް، ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ.

އެ އެމްއޯޔޫގައި ސޮއިކުރެވުމާއެކު ޑީއެންއާރުގެ އޭޕީއައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް، ޑީއެންއާރުން ބަލަހައްޓަމުން އަންނަ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ.

"މި އެއްބަސްވުމުގެ ދަށުން ދިރާގުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ސައްހަކަށް ޑީއެންއާރުގެ ޑޭޓާ މެދުވެރިކޮށް ކަށަވަރުކުރެވޭނެ. މިހާރު އާންމުވަމުން ދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ،" ޑީއެންއާރްއިން ބުންޏެވެ.

ކޮންމެ މީހަކުވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ހިދުމަތެއް ނަގާނަމަ، އެ ފަރާތެއްގެ މައުލޫމާތު ޑީއެންއާރުގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އޮޅުވާލައިގެން ސިމްކާޑު ނެގުންވެސް މިކަމުގެ ސަބަބުން ހުއްޓުވިގެން ދާނެ ކަމަށް ވެސް ބުންޏެވެ.