Advertisement

އިރާން އާއި ސްރީލަންކާ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

25 އޭޕްރީލް 2024 - 06:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިރާން އަދި ސްރީލަންކާ ފަސް އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ: އެކްސް


އިރާން އާއި ސްރީލަންކާ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

25 އޭޕްރީލް 2024 - 06:30 0

އިރާން އާއި ސްރީލަންކާ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި އިއްޔެ ސޮއިކުރީ އިރާންގެ ރައީސް އިބްރާހިމް ރައިސީ ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިރާން އާއި ލަންކާ ސޮއިކުރި އެމްއޯޔޫތަކުގެ ތެރޭގައި މީޑިއާ އާއި ޓޫރިޒަމް ދާއިރާއާ ގުޅޭ އެބަސްވުން ހިމެނޭއިރު، ކަލްޗަރަލް، ސައިންޓިފިކް އަދި ޓެކްނިކަލް ކޯޕަރޭޝަންއާ ގުޅޭ އެމްއޯޔޫއެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

އޭގެއިތުރުން ފިލްމީ ދާއިރާއާއި ލައިބްރަރީގެ ދާއިރާގެ އިތުރުން ކޯޕަރޭޓިވް ދާއިރާއިން ވެސް ވަނީ އެމްއޯޔޫއެއްގައި ދެ ގައުމު ސޮއިކޮށްފަ އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިބްރާހިމް ރައިސީ އާއި ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހުގެ ހާޒިރުގަ އެވެ.

އިރާން އާއި ލަންކާއާ ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާއިރު، ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.