Advertisement

މަޖިލީހަށް މިއަދު ވަޑައިގެންނެވި މެމްބަރުން މަދުކަމުން ޖަލްސާ ނުބޭއްވުނު

24 އޭޕްރީލް 2024 - 10:46 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި މަދު މެމްބަރުންތަކެއް ބައިވެރިވަނީ. މިއަދުގެ ޖަލްސާ ނުބޭއްވުނީ ހާޒިރީ ދަށްކަމުން. ފޮޓޯ: މަޖިލީހުގެ އިދާރާ


މަޖިލީހަށް މިއަދު ވަޑައިގެންނެވި މެމްބަރުން މަދުކަމުން ޖަލްސާ ނުބޭއްވުނު

24 އޭޕްރީލް 2024 - 10:46 0

ރައްޔިތުންގެ މަޖިލީހުުގައި މިއަދު ބާއްވަން އުޅުނު ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން ކެންސަލް ކުރަން ޖެހިއްޖެ އެވެ.

މިހާރު އޮތް 19 ވަނަ މަޖިލީހަށް 87 މެމްބަރުން އިންތިހާބުކުރި ނަމަވެސް މިހާރު ތިއްބެވީ 80 މެމްބަރުންނެވެ. އެއީ ނައިބު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ހުސައިން މުހައްމަދު ލަތީފާ އެކު ޖުމްލަ ހަތް މެމްބަރަކު ސަރުކާރުގެ ކެބިނެޓަށް ވަޑައިގެންނެވުމުންނެވެ. މަޖިލީހުގައި ޖަލްސާއެއް ބޭއްވޭ ވަރަށް ކޯރަމް ހަމަ ވަނީ 22 މެމްބަރުން ވަޑައިގެންނެވުުމުންނެވެ.

މިއަދުގެ ޖަލްސާ ހެނދުނު 9:00 ގައި ފަށަން ތާވަލުކުރި ނަމަވެސް އެވަގުތާ ހަމައަށް 22 މެމްބަރުން ވަޑައިނުގަންނަވާތީ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާނުކުރެއްވީ ކޯރަމް ހަމަވޭތޯ 9:30 ވަންދެން ބައްލަވާނެ ކަމަށެވެ. ކޯރަމް ހަމަނުވާތީ ޖަލްސާ ނުބޭއްވޭނެކަން އިއުލާނު ކުރެއްވީ އޭގެ ފަހުންނެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ހުރި ކަންތައްތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރުން ހިމެނެ އެވެ. އޭނާއާ ސުވާލުކުރައްވަން ހުށަހަޅުއްވާފައި އޮތީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ އެވެ.

މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ނިމޭނީ މެއި 15، ގަ އެވެ. މަޖިލީހުގެ އާ މެމްބަރުން ހުވާކުރުމުގެ ރަސްމިއްްޔާތު އޮންނާނީ މެއި 28، ގަ އެވެ.

ނިމިގެން ދިޔަ މަޖިލީހުގެ އިންތިހާބުގައި، މިހާރު މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ވަނީ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ އިންތިހާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. ޕީއެންސީގެ 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރި އެވެ. ސަރުކާރުން ތާއީދު ދިން ބައެއް އަމިއްލަ ކެންޑިޑޭޓުން ތިބިއިރު އޭގެ ތެރެއިން ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓުން ހިމެނުމުން ސަރުކާރު މެންބަރުންގެ އަދަދު 70 އަށް ވުރެ ގިނަ އެވެ.

އިދިކޮޅު އެމްޑީޕީއަށް މި ފަހަރު ކާމިޔާބުވީ 12 ގޮނޑި އެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ އެވެ.