Advertisement

ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލާގައި އަދި ނިންމީ އިހުސާނާ ބައްދަލުކުރަން، ބައްދަލުވުމުގެ ތާރީހެއް ނުނިންމޭ

24 އޭޕްރީލް 2024 - 10:31 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހޯމް މިނިސްޓަރު އިހުސާން: ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ބައްދަލުވުން އަދި ނުބޭއްވޭ - ފޮޓޯ: ރައީސް އޮފީސް


ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލާގައި އަދި ނިންމީ އިހުސާނާ ބައްދަލުކުރަން، ބައްދަލުވުމުގެ ތާރީހެއް ނުނިންމޭ

24 އޭޕްރީލް 2024 - 10:31 1

ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފުލުހުންގެ އިސްވެރިންތަކެއް ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި ބަލަމުންދާ މައްސަލާގައި މިނިސްޓަރާއި ފުލުހުންގެ މުއައްސަސާއާ ބައްދަލުކުރަން ނިންމުމުގެ އިތުރުން އިތުރު ކަމެއް އަދި ނުނިންމާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކޯޓުން ތުހުމަތު ކުރަނީ އިހްސާނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރު މަމްދޫހް ހަސަން އެ ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.

އެ މައްސަލާގައި ކޯޓުގެ ގާޒީންގެ ކުއްލި ބައްދަލުވުމެއް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެވެ. އަދި އިތުރު ބައްދަލުވުމެއް މުއައްސަސާތަކާއެކު ބޭއްވުމަށް ނިންމާފައިވާ ކަން ކޯޓުން އެ ދުވަހު ހާމަކުރި އެވެ.

މި ނިންމުމުގެ އިތުރު ތަފްސީލްތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "އަދަދު" ނޫހަށް ވިދާޅުވީ އެ ދުވަހު ނިންމީ މިނިސްޓަރުގެ އިތުރުން ފުލުހުންނާ ބައްދަލު ކުރުމަށް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބައިވެރިކުރުމަށެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރު ބަންދު ވުމަށް ފަހު އިއްޔެ ހުޅުވުމުން މިހާރު އެ ބައްދަލުވުން ބޭއްވޭނެ ދުވަހެއް ކަނޑައަޅަން މުއައްސަސާތަކާ ވާހަކަ ދެކެވެމުން އަންނަ ކަމަށް ކޯޓުން ބުންޏެވެ. އަދި އޭގެ ތާރީހެއް ނުނިންމެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކްރިމިނަލް ކޯޓުން ބުނަނީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވި މައްސަލައިގައި ފުލުހުން އޭޕްރީލް 4، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް ކްރިމިނަލް ކޯޓަށް ފާޑުކިޔައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ނަން ހާމަ ކުރުމަށްފަހު ވެސް ފުލުހުން ވަނީ އެ ބައްދަލުވުމުގައި ފާޑުކިޔައިފަ އެވެ.