Advertisement

އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދާ ފިރިހެން މީހާ އަނެއްކާ ވެސް ހައްޔަރުކޮށްފި

4 މޭ 2024 - 18:14 0


އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދާ ފިރިހެން މީހާ އަނެއްކާ ވެސް ހައްޔަރުކޮށްފި

4 މޭ 2024 - 18:14 0

އަންހެން ހެދުން އަޅަައިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި ވީޑިއޯ ހަދަމުންދިޔަ ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފި އެވެ.

މުހައްމަދު ނަބީލް، 39، ހައްޔަރު ކުރީ "އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން" ވީޑިއޯ ހަދާތީ ކަމަށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.

އަންހެން ހެދުން އަޅައިގެން ވީޑިއޯ ހެދި މައްސަލައިގައި މީގެ ކުރިން ވެސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ވީޑިއޯއެއްގައި ބަރަހަނާވި މައްސަލައެއްގައި އޭނާ އެއް އަހަރަށް ޖަލަށްލާން ސެޕްޓެމްބަރު، 2022، ގައި ކޯޓުންް ހުކުމް ވެސް ކުރި އެވެ.

އޭނާގެ މައްޗަށް އެއިރު ދައުލަތުން އުފުލީ އޮރިޔާން ކާޑު ހެދުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

މީގެ ކުރިން އޭނާ ވީޑިއޯ ހަދަމުންދިޔައީ "ޔާޔާ ނަބީލް" ގެ ނަމުގަ އެވެ. މިފަހުން އޭނާ ވީޑިއޯތަކެއް ހެދީ ލޫސީގެ ނަމުގަ އެވެ.

ނަބީލް ހައްޔަރު ކުރުމަށްފަހު އޭނާގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ އިއްޔެ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ދެއްކުމުންނެވެ. އޭގެ ފަހުން އެ މައްސަލަ ބަލަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.