Advertisement

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ސްކޭމްވި އިތުރު މީހުން ތިބިތޯ ފުލުހުން ބަލަނީ

5 މޭ 2024 - 10:03 0

ނިމާ ހަސަން

ނިމާ ހަސަން

އަމީނީ މަގުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކެއް; ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ސްކޭމް ކުރި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އެބަ ކުރޭ -- ފޮޓޯ: އަދަދު


ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ސްކޭމްވި އިތުރު މީހުން ތިބިތޯ ފުލުހުން ބަލަނީ

5 މޭ 2024 - 10:03 0

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ސްކޭމްވި އިތުރު ބަޔަކު ތިބިތޯ ފުލުހުން ބަލަން ފަށައިފި އެވެ.

މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލްއިން ސްކޭމް ކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައަކީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.

މި މައްސަލައިގެ ދަށުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވެ އެވެ. މެގަޓްރޯން މޮޓޯސްއަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ފުލުހުން ދަނީ ބަލަމުންނެވެ.

އެ ކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކާފައިވާ މީހެއް ނަމަ 2024, މެއި 30ގެ ކުރިން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް މެގަޓްރޯން މޮޓޯސްއަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބެލުމަށް އިއުލާނުކޮށްފަ އެވެ.