Advertisement

ޑްރެޖަރުގައި މީހަކު މަރުވީ ކްރޭނަކުން އުފުލި އެއްޗަކުން ޖެހިގެން

ހުޅުމާލޭގެ ފޭސް 3 ހިއްކުމުގެ މަސައްކަތުގައި ޑްރެޖަރެއް ބޭނުންކުރަނީ. ހުޅުމާލެ ފަޅުގައި އޮތް ޑްރެޖަރެއްގައި އިއްޔެ ހިނގި ހާދިސާއެއްގައި މީހަކު މަރުވި. ފޮޓޯ:އެޗްޑީސީ


ޑްރެޖަރުގައި މީހަކު މަރުވީ ކްރޭނަކުން އުފުލި އެއްޗަކުން ޖެހިގެން

ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގެ މަސައްކަތް ކުރަނިކޮށް އަނިޔާވި މީހާ މަރުވީ ކްރޭނަކުން އެއްޗެއް އުފުލަނިކޮށް އޭގެން ޖެހިގެން ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު "އަދަދު" އަށް މައުލޫމާތުދެމުން ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޑްރެޖަރުގައި މަސައްކަތްކުރަނިކޮށް މަރުވި ބިދޭސީ މީހާއަށް އަނިޔާވީ ކްރޭންއިން ޑްރެޖަރަށް ޕަމްޕު ޑޯތަކެއް އުފަލަމުން ދަނިކޮށް އޭގައި ޖެހިފައި ކަމަށެވެ.

މި ހާދިސާގައި އަނިޔާވެ, މަރުވީ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ.

އޭނާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ހެނދުނު 10:38 ހާއިރު އެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.