24 އޭޕްރީލް 2024 - 07:57 0
ލީވާން އަލީ ނާސިރު
އަބްދުﷲ ޝާހިދު (ވ) އަދި ބައްޕާފުޅު ޝައިހް މޫސާ ޖަމީލް (ކ) -- ފޮޓޯ: އެކްސް
24 އޭޕްރީލް 2024 - 07:57 0
ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚު މޫސާ ޖަމީލް, 88, އަވަހާރަވެއްޖެ އެވެ.
ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މޫސާ ޖަމީލު އަވަހާރަވުމާ ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
ޝައިޚު މޫސާ ޖަމީލް އަވަހާރަވިއިރު، އަނބިކަނބަލުން، މައުމޫނާ ވަޖީހު އާއި ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.
ކުރީގެ އުއްތަމަފަނޑިޔާރު، އަދި މަޝްހޫރު އަދީބު ޝައިޚު މުހައްމަދު ޖަމީލް ދީދީ އަކީ، ޝެއިޚް މޫސާ ޖަމީލްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ޝައިޚު ޖަމީލު ދީދީ ފަނޑިޔާރު މަނިކުފާނަކަށް ހުންނެވިއިރު، މޫސާ ޖަމީލު ވެސް ފަނޑިޔާރުކަން ކުރެއްވި އެވެ. ނަމަވެސް، ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ޓީޗަރެއްގެ ގޮތުގަ އެވެ.
ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލު ދީދީގެ ފަސް ވަނަ ކާފާފުޅެވެ.
މޫސާ ޖަމީލުގެ ކަށުނަމާދު އޮންނާނީ މިއަދު ހަވީރު، އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
Comment