Advertisement

ނަޒޫއަށް ގޮނޑި ގެއްލުވާލި ކަމަށް ބުނެ ފައިސަލްއަށް މަހުލޫފުގެ ބޮޑެތި ތުހުމަތުތަކެއް!

23 އޭޕްރީލް 2024 - 20:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަހްލޫފާއި އަނބިކަނބަލުން ނަޒޫ : ނަޒޫއަށް ގޮނޑި ގެއްލުވާލި ކަމަށް ބުނެ ފައިސަލްއަށް މަހްލޫފު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި - ފޮޓޯ: ރައީސް އޮފީސް


ނަޒޫއަށް ގޮނޑި ގެއްލުވާލި ކަމަށް ބުނެ ފައިސަލްއަށް މަހުލޫފުގެ ބޮޑެތި ތުހުމަތުތަކެއް!

23 އޭޕްރީލް 2024 - 20:47 0

މަޖިލިސް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި ނަޒުރާ ނަސީމް (ނަޒޫ) އަށް ގޮނޑި ގެއްލުނީ އޭނާގެ ބޭބެ އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް ނަޒޫގެ ފިރިކަލުން އަހުމަދު މަހުލޫފު ތުހުމަތުކުރައްވައިފި އެވެ.

އާދިއްތަ ދުވަހުގެ އިންތިހާބު ނަޒޫއަށް ނާކާމިޔާބުވީ އެންމެ 48 ވޯޓުގެ ތަފާތުންނެވެ. އެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ހުސައިން އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަންވެސް ކުރެއްވި މަހުލޫފު އެންމެ ފުރަތަމަ މި ތުހުމަތުތައް ކުރެއްވީ އެމްޑީޕީގެ އިސްވެރިން ތިބި ވަޓްސްއެޕް ގްރޫޕެއްގަ އެވެ. އެގޮތުން ފައިސަލް ވަނީ އެ ދާއިރާގެ މީހުންނަށާއި އާއިލާގެ މެންބަރުންނަށްވެސް ގުޅުއްވާ ނަޒޫއަށް ވޯޓު ނުލުމަށް އެދިފައި ކަމަށް މަހްލޫފް ލިޔުއްވާފައިވެ އެވެ.

އެ ހަބަރު ނޫހަކުން ރިޕޯޓު ކުރުމާ ގުޅިގެން މަހުލޫފު ވަނީ އެ ހަބަރު އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރައްވާ، ބަލި ގަބޫލު ކުރި ނަމަވެސް މިއީ ކަން ހިނގި ގޮތް ކަމަށް ވިދާޅުވެފަ އެވެ.

އަދި، މިކަމުގައި ނަޒޫގެ އާއިލާ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ޓީމު އޮތީ ދޫދޭގޮތަކަށް ނޫން ކަމަށާއި މި މައްސަލަ ބެލުމަށްފަހު އެމްޑީޕީ އިން ފައިސަލް އަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް އޭނާ ލިޔުއްވާފައިވެ އެވެ.

"ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއި ދެކޮޅަށް މަސައްކަތްކޮށް ވެެރިކަން ބަދަލުކުރިގޮތަށް މިފަހަރުމިވަނީ 48 ވޯޓުގެ ފަރަގަކުން މިގޮނޑި އެމްޑީޕީ އަށް ގެއްލުވާލާފަ."

މަހުލޫފު ތުހުމަތު ކުރައްވާ ގޮތުގައި ރިޔާސީ އިންތިހާބުން ފެށިގެން ފައިސަލް އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓުގެ ގޮތުގައި ފައިސަލްގެ ބަދަލުގައި މިހާރު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު އަސްލަމް ހިޔާރުކުރެއްވި ހިސާބުންނެވެ.

އޭގެއިތުރުންވެސް ފައިސަލް އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރާ ސަބަބެއް ހިމެނޭ ކަމަށާއި އެ މައްސަލަ އާއިލާގެ ފަރާތުން މިހާރު ވާނީ ފުލުހަށް ހުށަހަޅާފަ ކަމަށްވެސް މަހުލޫފު ލިޔުއްވާފައިވެ އެވެ.