23 އޭޕްރީލް 2024 - 02:16 0
އަޒްލިފާ އަބްދުﷲ
23 އޭޕްރީލް 2024 - 02:16 0
ވިހިވަނަ ރައްުޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ބޭއްވި އިންތިހާބުގެ އިދާރީ ކަންތައްތައް ރަނގަޅުކަން ފާހަގަކުރުމާ އެކު، ވޯޓު ގަތުން ހިމެނޭ ގޮތުން، އެ އިންތިހާބުގައި ފާހަގަ ކުރެވުނު ބޮޑެތި މައްސަލަތަކަށް އެޑްރެސް ކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ގޮވައިލި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އިންތިހާބު އޮބްޒާވްކުރުމަށް ފަހު އިދާރީ ކަންކަމާ ބެހޭ ގޮތުން ނެރުނު ބަޔާން ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރި ތުރެޑް" ގައި ބުނީ ވޯޓުގަތުމުގެ މައްސަލަ އާއި ސިޔާސީ ކަންކަމަށް ފައިސާ ހޯދުމާއި ހަރަދު ކުރުމުގައި ދެފުށް ފެންނަ އުސޫލު ނެތުމުގެ މައްސަލައަށް އެޑްރެސް ކުރަން ހުރިހާ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ.
ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ އާއި ސިޔާސީ ކަންކަމުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ނެތުމުގެ މައްސަލައަށް އެޑްރެސް ކުރަން ވެސް އެޖަމިއްޔާއިން ގޮވައިލި އެވެ.
"މަޝްރޫއުތައް ފެށުން ހިމެނޭ ގޮތުން، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ދިޔަތަން ކެމްޕެއިން ކުރުމުގެ މުއްދަތުގައި އަޅުގަނޑުމެންނަށް ފެންނަމުން ދިޔަ،" ޓްރާންސްޕޭރެންސީން ބުންޏެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ އިންތިހާބުގެ އިދާރީ އިންތިޒާމުތައް ޖުމުލަކޮށް ރަނގަޅުކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުން ފެށިގެން ވޯޓަށް ނުފޫޒު ފޯރާނެ ފަދަ އެތައް ކަމެއް ކޮށްފައިވާކަން އެ ޖަމިއްޔާއަށް ފާހަގަވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެސްއޯއީތަކާއި ދައުލަތުގެ ވުޒާރާތަކުން މިދިޔަ 48 ގަޑިއިރު ތެރޭގައި އިއުލާނު ކުރި ބޮޑެތި މަޝްރޫއުތަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ފާއިތުވި 48 ގަޑިއިރު ތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކުގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުތަކުން 680 މިލިއަން ރުފިޔާގެ ހަ ތަރައްގީގެ މަޝްރޫއުއެއް ހަވާލުކޮށްފައިވާކަން އިއުލާނު ކުރުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިއްޔެގެ އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް ހޯދީ ވެރިކަން ހިންގާ ޕީއެންސީއިންނެވެ. ޖުމްލަ 93 ގޮނޑީގެ ތެރެއިން އެ ޕާޓީން ގާތްގަނޑަކަށް 70 ނުވަތަ އެއަށްވުރެ ވެސް ގިނަ ގޮނޑި ގެންދާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އެއީ ސުޕަމެޖޯރިޓީއެކެވެ.
ސިޔާސީ ލީޑަރުންނަށް ރައީސް ގޮވާލެއްވީ ގައުމައިގެން ކުރިއަށްދާން
"އަޅުގަނޑު މިހާރު އެދެނީ ހިޔާލުތަފާތުވުން ދޫކޮށްލަން. އިންތިހާބު މި ނިމުނީ. އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކީގައި، އުފަލާއެކީގައި ގޮވާލަން ހުރިހާ ސިޔާސީ ވެެރިންނަށް ވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހިންގަވާށޭ ކުރިއަށްދާން މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު."

ވަގުތީ ނަތީޖާ އިއުލާންކޮށްފި: ޕީއެންސީއަށް 66، އެމްޑީޕީއަށް 12

ދިވެހިން ތިބި ގޮތް ބޭރު ގައުމުތަކަށް މިހާރު ސާފުވާނެ: ރައީސް
"ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ވެސް މުޅި އިންޓަނޭޝަނަލް ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކަށް ވެސް މިހާރު ސާފުވާން ވާނެ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެން އަމިއްލައަށް ނިންމަންކަން."

އީސީގެ އިންތިޒާމުތަކަށް އިންޓަނޭޝަނަލް އޮބްޒާވަރުންގެ ތައުރީފް
މި އިންތިހާބު އޮބްޒާވް ކުރުމަށް ނުވަ ގައުމަކުން 19 އޮބްޒާވަރުން ބައިވެރިވި އެވެ.

ބޮޑު ބަލީގައި އެމްޑީޕީގެ ބޮޑެތި ކިއްލާތައްވެސް އަތުން ދޫވެއްޖެ
ސެޕްޓެމްބަރު 2023، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ބުރުގައިވެސް އެމްޑީޕީގެ އޭރު އޮތް ސަރުކާރަށް ކުރިމަތިވީ ނާކާމިޔާބީ އެވެ. ދެވަނަ ބުރުގައި އެމްޑީޕީގެ ހުރިހާ ބާރަކާއެކު ނުކުމެވެސް ހޯދުނީ 46 އިންސައްތަ ވޯޓެވެ. އިއްޔެ މަޖިލިސް އިންތިހާބުގައި ކުރިމަތިވި ބަލި މިއަށްވުރެވެސް ބޮޑު.

މަޖިލިސް ރައީސް ކަނޑައަޅާނީ މަޝްވަރާކުރުމަށްފަހު: އަބްދުއްރަހީމް
އެގޮތުން، މަޖިލީހުގެ ރައީސްގެ މަގާމާ ގުޅޭގޮތުން "އަދަދު" އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެކަމާމެދު ގޮތެއް ނިންމުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޕާޓީގެ ލީޑަޝިޕު އެކީގައި އިށީނދެ ވާހަކަދެކެވިގެން ކަމަށެވެ.

ފެނުނީ ރައީސަށް ރައްޔިތުން ކުރާ ތާއީދާ އިތުބާރާ އުއްމީދު: ޝިޔާމް
"މީ ރައީސް ޑރ. މުއިއްޒު އަށް ރައްޔިތުންގެ އޮތް ތާއީދާ އިތުބާރާ އުއްމީދު ދައްކުވައިދޭ އަލިގަދަ ހެއްކެއް" ޝިޔާމް އިތުރަށް ލިޔުއްވާފައިވެ އެވެ.

0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment