Advertisement

ރެޑްވޭވް ސަލީމްގެ ދެބަފައިން ވެސް ގޮނޑި ކާމިޔާބުކުރައްވައިފި

21 އޭޕްރީލް 2024 - 22:54 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


ރެޑްވޭވް ސަލީމްގެ ދެބަފައިން ވެސް ގޮނޑި ކާމިޔާބުކުރައްވައިފި

21 އޭޕްރީލް 2024 - 22:54 0

ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފްވީއްސުރެ، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް މިފަހަރު ވެސް ގޮނޑި ދިފާއުކުރެއްވި އިރު އޭނާގެ ދަރިކަލުން އިބްރާހީމް ނައުފަލު ވެސް އޭނާ ވާދަކުރެއްވި ގޮނޑި ކާމިޔާބުކުރައްވައިފި އެވެ.

މިފަހަރު ވެސް އޭދަފުށި ދާއިރާއަށް ވާދަކުރެއްވި ސަލީމް ގޮނޑި، 60 ޕަސެންޓަށް ވުރެ މަތީ އަޣުލަބިއްޔަތަކުން ދިފާއުކުރެއްވި އިރު ދަރިކަލުން ނައުފަލް ވެސް މުލަކު ދާއިރާ ގޮނޑި ކާމިޔާބުކުރެއްވީ ހަމަ އެވަރުގެ އަޣުލަބިއްޔަތަކުންނެވެ.

ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރައްވާ ސަލީމް 2009، ގައި ފުރަތަމަ ފަހަރަށް އޭދަފުށި ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ 1،197 ވޯޓުންނެވެ. އޭގެ ފަހުން 2014، ގައި 1،635 ވޯޓު އަދި 2019،ގައި 1،604 ވޯޓުން އޭނާ އެ ގޮނޑި ދިފާއު ކުރެއްވި އެވެ.

ސަލީމްގެ ދަރިކަލުން ނައުފަލު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.