Advertisement

ކެލާ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު ޣާލިބަށް ޔާމީންގެ ތާއީދު

20 އޭޕްރީލް 2024 - 00:45 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޣާލިބްގެ ކެމްޕޭން ޖަލްސާއެއްގައި އޭނާ ވާހަކަ ދައްކަވަނީ. މިއީ ޔާމީންގެ ޕާޓީން ތާއީދުކުރި އެމްޑީޕީގެ ދެވަނަ ކެންޑިޑޭޓު --- ފޮޓޯ: އެމްޑީޕީ


ކެލާ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު ޣާލިބަށް ޔާމީންގެ ތާއީދު

20 އޭޕްރީލް 2024 - 00:45 0

ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ހއ. ކެލާ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޣާލިބްއަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ހާމަކުރައްވައިފި އެވެ.

ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށް ފަހު ކެމްޕޭނަށް މިހާރު ފުވައްމުލަކަށް ވަޑައިގެން ހުންނެވި ޔާމީން އެކަން ހާމަކުރެއްވީ އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. ޔާމީން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޓިކެޓުގައި އެ ދާއިރާއަށް ކެންޑިޑޭޓަކު ވާދަނުކުރައްވަ އެވެ.

"ޣާލިބްއަކީ ތައުލީމީ ޒުވާނެއް. ޣާލިބަކީ އަޅުގަނޑު އާއިލާ ކުއްޖެއް ވެސް ނޫން. ޣާލިބަކީ މުއިއްޒުގެ އާއިލާ ކުއްޖެއް. އެކަމަކު އަޅުގަނޑު އޭނާއަށް ތާއީދު އެބަކުރަމޭ. އެ ބޭފުޅުން ހަރުދަނާ ކުއްޖެއް, ތައުލީމީ ކުއްޖަކަށް ޓިކެޓު ދިނުމުގެ ބަދަލުގައި, އޭނާ މިވަގުތު ހުރީ އެމްޑީޕީގައި. އޭނާއަކީ މިކަން ކުރެވޭނެ ކުއްޖެއް," އެކަން ހާމަކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނަކީ ޒާތީ ތައައްސަބަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ގައުމީ ބޮޑެތި މަސްލަހަތު ހިމާޔަތް ކޮށްދޭ މީހެއް ކަމަށްވާނަމަ ތާއީދު އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޣާލިބް ކުރިން ޕީޕީއެމްގައި މަސައްކަތް ކުރެއްވި އެވެ. އޭނާ އޭރު އެ ޕާޓީއަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކޮށްދެއްވި ކަމަށް ޔާމީން މިރޭ ވިދާޅުވި އެވެ.