Advertisement

އިންތިހާބާ ދިމާކޮށް މިފްކޯއިން ދިން 100 އަށްވުރެ ގިނަ ޕްރޮމޯޝަން އޭސީސީއިން ހުއްޓުވައިފި

19 އޭޕްރީލް 2024 - 23:58 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މިފްކޯގެ ފެލިވަރު ފިޝަރީސް ކޮމްޕްލެކްސް


އިންތިހާބާ ދިމާކޮށް މިފްކޯއިން ދިން 100 އަށްވުރެ ގިނަ ޕްރޮމޯޝަން އޭސީސީއިން ހުއްޓުވައިފި

19 އޭޕްރީލް 2024 - 23:58 1

އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް މިފްކޯއިން ދީފައިވާ 100 އަށްވުރެ ޕްރޮމޯޝަން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއިން ހުއްޓުވާފައި ވަނީ ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި މަސައްކަތްކުރާ މިފްކޯގެ 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ދިން ޕްރޮމޯޝަން އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮމޯޝަންތައް ހުއްޓުވަން އޭސީސީއިން އަންގާފައި ވަނީ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަންކަން ބެލުމަށްފަހު އެވެ.

މިކަމާ ގުޅިގެން އޭސީސީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ފެލިވަރުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންނަކީ ޅ. ނައިފަރާއި ހިންނަވަރުގެ ރައްޔިތުން ކަމަށްވާއިރު، ކޫއްޑުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންނަކީ ގއ. ވިލިނގިލި، މާމެންދޫ، ކޮލަމާފުށި އަދި ދާންދޫއަށް ނިސްބަތްވާ މީހުންނެވެ.

މަޖިލިސް އިންތިހާބާ ގުޅޭ 16 މައްސަލައެއް މިހާތަނަށް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެ ކޮމިޝަނުން އަންނަނީ 14 މައްސަލައެއް ބަލަމުންނެވެ.

އޭގެއިތުރުން މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކަމުންދާ މައްސަލަ އާއި އެންޓި ކެމްޕޭން ކުރުމުގެ މައްސަލައިގެ އިތުރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިންކުރާ މައްސަލަ އިލެކްޝަންސްއަށް ވަނީ ހުށަހަޅައިފަ އެވެ.