Advertisement

މިނިވަންވުމަށް ފަހު ފުރަތަމަ ކެމްޕޭން ދަތުރުގައި ޔާމީން ފުވައްމުލަކަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

19 އޭޕްރީލް 2024 - 19:53 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް ޔާމީނަށް ފުވައްމުލަކުން މަރުހަބާ ކިޔުމަށް ނުކުމެ ތިބި ގިނަ އަދަދެއްގެ ރައްޔިތުން ދިގު ސަފެއް ހަދާފައި -- ފޮޓޯ: އެކްސް


މިނިވަންވުމަށް ފަހު ފުރަތަމަ ކެމްޕޭން ދަތުރުގައި ޔާމީން ފުވައްމުލަކަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

19 އޭޕްރީލް 2024 - 19:53 0

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެން އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގަތުމުން އެ ސިޓީން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ފުވައްމުލަކަށް ޔާމީން ވަޑައިގަތީ ދާދި ދެންމެއަކު އެވެ. އެމަނިކުފާނު މިނިވަންވެވަޑައިގަތުމަށްފަހު މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ފުރަތަމަ ދަތުރުގައި ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް އެ ސިޓީގެ ގިނަ ބަޔަކު އެއާޕޯޓު ސަރަހައްދަށް ވަނީ އެއްވެފަ އެވެ.

ޔާމީނަށް މަރުހަބާ ދެންނެވުމަށް ފުވައްމުލަކުން ނުކުތް މީހުންގެ ތެރޭގައި ޕީއެންއެފް މެންބަރުންގެ އިތުރުން އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ފުވައްމުލަކު ދެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެމްޑީޕީގެ އާންމު މެންބަރުން ވެސް ހިމެނެ އެވެ.

ކެމްޕޭނުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ޔާމީން ފުވައްމުލަކަށް ވަޑައިގެންނެވިއިރު، ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންއެފްގެ ޓިކެޓުގައި ވާދަކުރައްވާ، މުހައްމަދު ޝަރަފުއްދީންއަށް އެމްޑީޕީން ވަނީ ތާއީދު ކޮށްފަ އެވެ. އެ ދާއިރާއަކީ އެމްޑީޕީން ވާދަ ނުކުރާ ދާއިރާ އެކެވެ.

ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ނަޒްރާ ނަސީމްއަށް ޕީއެންއެފްއިން ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.

ފުވައްމުލަކަކީ ޕީއެންއެފް ލީޑަޝިޕުގެ ގިނަ މެންބަރުންތަކެއް ނިސްބަތްވެލައްވާ ރަށެވެ. އެގޮތުން އެ ޕާޓީ ހިންގުމުގައި އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދުއާއި މުހައްމަދު މަލީހު ޖަމާލުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު ޝިފާގު މުފީދު ފާހަގަ ކޮށްލެވެ އެވެ.