Advertisement

އިންތިހާބާ ދިމާކޮށް ފެލިވަރާއި ކޫއްޑޫއިން 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ޕްރޮމޯޝަން!

18 އޭޕްރީލް 2024 - 00:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މިފްކޯގެ މަސް ފެކްޓަރީގެ އެތެރޭގައި އެތަނުގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ: މިފްކޯ / އަދަދު


އިންތިހާބާ ދިމާކޮށް ފެލިވަރާއި ކޫއްޑޫއިން 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ޕްރޮމޯޝަން!

18 އޭޕްރީލް 2024 - 00:19 0

އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބާ ދިމާކޮށް ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި މަސައްކަތްކުރާ މިފްކޯގެ 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މިފްކޯއިން ޕްރޮމޯޝަން ދީފައި ވަނީ ފެލިވަރާއި ކޫއްޑޫގައި މަސައްކަތްކުރާ ކައިރި ރަށްތަކުގެ މުވައްޒަފުންތަކަކަށެވެ.

ފެލިވަރުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންނަކީ ޅ. ނައިފަރާއި ހިންނަވަރުގެ ރައްޔިތުން ކަމަށްވާއިރު، ކޫއްޑުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންނަކީ ގއ. ވިލިނގިލި، މާމެންދޫ، ކޮލަމާފުށި އަދި ދާންދޫއަށް ނިސްބަތްވާ މީހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރަސްމީކޮށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން މިފްކޯގެ ބަހެއް މިހައިތަނަށް ލިބިފައެއް ނުވެ އެވެ.

މަޖިލިސް އިންތިހާބާ ގުޅޭ 16 މައްސަލައެއް މިހާތަނަށް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެ ކޮމިޝަނުން އަންނަނީ 14 މައްސަލައެއް ބަލަމުންނެވެ.

އޭގެއިތުރުން މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކަމުންދާ މައްސަލަ އާއި އެންޓި ކެމްޕޭން ކުރުމުގެ މައްސަލައިގެ އިތުރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިންކުރާ މައްސަލަ އިލެކްޝަންސްއަށް ވަނީ ހުށަހަޅައިފަ އެވެ.