Advertisement

މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ވަގުތަށް ދޮޅުގަޑިއިރު އިތުރުކޮށްފި

17 އޭޕްރީލް 2024 - 12:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ވަގުތަށް ދޮޅުގަޑިއިރު އިތުރުކޮށްފި

17 އޭޕްރީލް 2024 - 12:39 0

އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ވަގުތަށް ދޮޅު ގަޑިއިރު އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ "އަދަދު" އަށް ވިދާޅުވީ އިންތިހާބާ ގުޅިގެން ގައުމީ ލަފާދޭ ކޮމިޓީން އިއްޔެ މަޝްވަރާކޮށް ދިން ލަފައާ އެއްގޮތަށް އިންތިހާބުގައި ވޯޓުލާ ގަޑި 5:30 އާ ހަމައަށް ނިންމާފައިވާ ކަމަށެވެ.

"ގައުމީ ލަފާދޭ ކޮމިޓީން އިއްޔެ މަޝްވަރާކޮށް ދިން ލަފައާ އެއްގޮތަށް ވަގުތު އިތުރުކުރަން މިއަދު ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި ވަނީ ނިންމާފައި،" ޒަކަރިއްޔާ ބުންޏެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލާ ގަޑީގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ހެނދުނު 8:00 އިން ފެށިގެން 4:00 ޖެހުމާ ހަމައަށެވެ.

ނަމަވެސް ބަދަލާއެކު ދެން އިންތިހާބުގައި ވޯޓުލާނީ ހެނދުނު 08:00 އިން ފެށިގެން 5:30 އާ ހަމައަށެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.