Advertisement

ނިބާލް ދެން ފެންނާނީ ރިވައިވަލް އިން

17 އޭޕްރީލް 2024 - 11:38 0


ނިބާލް ދެން ފެންނާނީ ރިވައިވަލް އިން

17 އޭޕްރީލް 2024 - 11:38 0

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ބެޑްމިންޓަން ކުޅުންތެރިޔާ، ނިބާލް އަހުމަދު، ރިވައިވަލް ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.

ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ، ނިބާލް، 21، ރިވައިވަލްއާ ގުޅުނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ގައުމީ ސްކޮޑުގައި ހިމެނޭ ހަަސަން ޒަޔާން ވެސް ވަނީ ރިވައިވަލް އަށް ބަދަލުވެފަ އެވެ.

މިދިޔަ އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ހޯދި ނިބާލް، ރިވައިވަލް ހައި ޕާފޯމަންސް ޓީމާ އެކު ފެނިގެންދިއުމަކީ އެ ޓީމު އިތުރު ހަރުފަތަކަށް ގެންދަން ލިބިގެންދިޔަ ހިތްވަރެެކެވެ.

ނިބާލް (ވ) ރިވައިވަލްއާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ.


ގައުމީ ޗެމްޕިއަންކަން 2022 ވަނަ އަހަރު ހޯދި ނިބާލް އަކީ މިދިޔަ އަހަރު މަަޑަަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ސިންގަލްސް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. އެންމެ ފަހުން ދެ އައިއޯއައިޖީގައި ރާއްޖޭގެ ފިރިހެން ޓީމުން ރިހި މެޑަލް އާއި ލޯ މެޑަލް ހޯދި ޓީމުގައި ވެސް ނިބާލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، ރާއްޖޭގެ ޖޫނިއާ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ވެސް ހޮވިފައިވާ ނިބާލް ވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ބަލައިގަންނަ ދެ މުބާރާތެއްގެ ފިރިހެން ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ލިބުނު، ޕެރިސް އޮލިމްޕިކް ސްކްލޮަޝިޕް ހާސިލްކޮށް، ރާއްޖޭން ބޭރުގައި ވެސް ޓްރެއިނިންތަކެއް ހަދާފައިވާ ނިބާލް އަކީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެތުލީޓެކެވެ.

ގައުމީ ފައިނަލުން ޖެހިޖެހިގެން ތިން އަހަރު ބަލިވި ނަމަވެސް ހިތްވަރު އެލުވާނުލައި، ކެރިއަރު ކުރިއަށްގެންދަމުން އަންނަ ނިބާލް އަކީ ރާއްޖޭގެ ބެޑްމިންޓަނުގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކުޅުންތެރިއެކެވެ.