Advertisement

ރިވައިވަލްގެ ޒުވާން ތިން ކުޅުންތެރިން ޓްރެއިނިން އަށް މެލޭޝިއާގައި

about 2 hours 0


ރިވައިވަލްގެ ޒުވާން ތިން ކުޅުންތެރިން ޓްރެއިނިން އަށް މެލޭޝިއާގައި

about 2 hours 0

ރިވަައިވަލް ސްޕޯޓްސްގެ ޒުވާން ތިން ކުޅުންތެރިން ޓްރެއިނިން ކޭމްޕެއް މެލޭޝިއާގައި ފަށައިފި އެވެ.

މި މަަހުގެ 22 ވަަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 24 އަށް މެލޭޝިއާގައި ކުރިއަށްދާ މި ޓްރެއިނިން ކޭމްޕްގައި ބައިވެރިވަނީ ރިވައިވަލްގެ 23 އަހަރުން ދަށުގެ ތިން ކުޅުންތެރިންނެވެ. އެއީ، އާދަމް މަހީން މުހައްމަދު، އަހުމަދު އަޔާން ބިން މުހައްމަދު ސޮލާހު އަދި މުހައްމަދު ހަލަފް އިމްރާން އެވެ.

މަހީން އާއި އަޔާން އަދި ހަލަފް އަށް މި ޓްރެއިނިން ކޭމްޕްގެ ތެރޭގައި މުބާރާތްތަކުގައި ވާދަކުރާއިރު، ތައްޔާރުވާން ޖެހޭނެ ކަންކަމާއި ޓްރެއިނިން ޑިސިޕްލިންގެ މުހިންމު ކަންކަން އުނގަނައިދީ ޓްރެއިނިން ދޭނެ އެވެ. އެ ގޮތުން، މި ޓްރެއިނިން ހާއްސަކޮށްފައިވަނީ، "ޕްރީ ކޮމްޕެޓިޝަން ފޭސް/5 ޓެކްޓިކަލް ރޫލްސް" އަށް އަހުލުވެރިކުރުމަށެވެ.

ރިވައިވަލް ސްޕޯޓްސް އިން ބުނީ މި ފުރުސަތު މަހީން، އަޔާން އަދި ހަލަފް އަށް ދިނީ، އިންޓަނޭޝަނަލް ލެވަލަށް އެތުލީޓުން ތައްޔާރުކުރުމަށް ބޭނުންވާ ޓްރެއިނިން ދިނުމާއި މުބާރާތްތަކަށް ތައްޔާރުވުމަށް ފޯކަސް ޓްރެއިނިން ސެޝަންތަކެއް ވީހާވެސް ބޮޑަށް ކުރިއަށްގެންދިއުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން ވެސް ރިވައިވަލް އިން ވަނީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ކެރިއަރެއް ބިނާކުރުމަށް މަގުކޮށައިދިނުމުގެ ޕްރޮގްރާމްތަކެއް ހިންގައިފަ އެވެ. އެ ގޮތުން، އެތުލީޓްސް ސްކޮލަޝިޕް ފޯރުކޮށްދީގެން، ކުޅުންތެރިން ކުރިއަރުވައި ރިވައިވަލް ސްޕޯޓްސްގެ ހައި ޕަފޯމަންސް ޓީމާ އެކު ޓްރެއިނިން ހަދައި، ކުރިއަށްދިއުމަށް ފުރުސަތުތައް ފަހިކޮށްދެ އެވެ. އަދި، ބައިނަލްއަގުވާމީ ލެވަލްގައި ވެސް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭ މިންވަރަކުން ހޯދައިދެމުން ދެ އެވެ.