Advertisement

މެދުއިރުމައްޗަށް ކުރާ ވިއްސާރަ: އޮމާނުގައި 18 މަރު، ދުބާއީ ފެނު އަޑީގައި

16 އޭޕްރީލް 2024 - 21:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދުބާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން -- ފޮޓޯ: ދަ ނެޝަނަލް


މެދުއިރުމައްޗަށް ކުރާ ވިއްސާރަ: އޮމާނުގައި 18 މަރު، ދުބާއީ ފެނު އަޑީގައި

16 އޭޕްރީލް 2024 - 21:00 0

މެދުއިރުމައްޗަށް ކުރަމުންދާ ވިއްސާރައިގައި އޮމާނުގައި 18 މީހުން މަރުވެ، ޔޫއޭއީގެ ދުބާއީގައި މިއަދު ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.

އޮމާނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ މަރުވީ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އެ ގައުމުގެ އިދާރާތަކުން އިތުރަށް ބުނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދުބާއީގެ އެކި މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައިވާއިރު، ފެން ހިންދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ފެންބޮޑުވުމާ ގުޅިގެން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓު ޖައްސަން ދަތިވެ، ޝެޑިއުލް ކޮށްފައިވާ ގިނަ ފްލައިޓްތައް އަންނަނީ ކެންސަލް ކުރަމުންނެވެ. ދުބާއީއަށް މިއަދު ހެނދުނު 30 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މުޅި ދުވަހު 128 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.