Advertisement

މައްސަލަ ހައްލުކުރި ފަހުން އަނެއްކާވެސް ކުޅުދުފުށިން ކަރަންޓު ކެނޑިއްޖެ

16 އޭޕްރީލް 2024 - 12:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހދ. ކުޅުދުއްފުށި


މައްސަލަ ހައްލުކުރި ފަހުން އަނެއްކާވެސް ކުޅުދުފުށިން ކަރަންޓު ކެނޑިއްޖެ

16 އޭޕްރީލް 2024 - 12:15 0

މުޅި ކުޅުދުއްފުށި ސިޓީއިން ކަރަންޓު ކެނޑުނު މައްސަލަ ހައްލު ކުރި ފަހުން، އަނެއްކާ ވެސް މިއަދު މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އަބްދުﷲ "އަދަދު" އަށް ވިދާޅުވީ މުޅި ރަށުން މިއަދު ވެސް ކަރަންޓު ކެނޑުނު ކަމަށާއި، ނަމަވެސް މިހާރު އަނބުރާ ކަރަންޓު ދީފައިވާ ކަމަށެވެ.

ފެނަކައިން ސޯޝަލް މީޑިއާގައި ޖެހި ލިއުމެއްގައި ބުނީ ކުޅުދުއްފުއްޓަށް އަލަށް ގެންދެވުނު 800ކިލޯވޮޓް އިންޖީން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް، ހިންގާފަ ހުރި އިންޖީނު ތަކުގެ ތެރެއިން އެއް މެގަވޮޓް އިންޖީނެއްގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ވަނީ ހިދުމަތް ކެނޑިފައިވާ ކަމަށެވެ.

"ނަމަވެސް މި މައްސަލަ ހައްލުކޮށް މިހާރު މުޅި ރަށަށް ވަނީ ޙިދުމަތް ދެވިފައެވެ" ފެނަކައިގެ ލިއުމުގައި ބުންޏެވެ.

އިއްޔެ ހެނދުނުން ފެށިގެން ކުޅުދުއްފުށިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށްވާއިރު، މައްސަލަ ހައްލުކުރީ ސްޓެލްކޯއިން ގެންދިޔަ މުވައްޒަފުންގެ އެހީތެރިކަމާއެކު ރޭގެ ވަގުތެއްގަ އެވެ.

ފެނަކައިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކުޅުދުއްފުއްޓަށް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަމުން އަންނަނީ ޖެނެރޭޓަރަކަށް މައްސަލަ ދިމާވެ، އޯވާލޯޑްވެގެންނެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް ރަށުގެ އެކި ސަރަހައްދުތަކުން އަންނަނީ ކަރަންޓު ކަނޑަމުންނެވެ. އަދި މުޅި މައްސަލަ ހައްލު ކުރުމަށް އާ ޖެނެރޭޓަރެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ކުޅުދުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ރޯދަ މަހުން ފެށިގެން ހައްލުނުވާއިރު، އެ ރަށުގެ ރައްޔިތުން ވަނީ ދާދި ފަހުން އެކަމާ ހިތްހަމަ ނުޖެހިގެން އިހުތިޖާޖު ވެސް ކޮށްފަ އެވެ.