Advertisement

ކެމްޕޭނު އޮފީހެއްގައި ހުޅުޖެހިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

27 އޭޕްރީލް 2024 - 14:02 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަލޭގައި ހުންނަ ކްރިމިނަލް ކޯޓު -- ފޮޓޯ: އަދަދު / ފައިލް


ކެމްޕޭނު އޮފީހެއްގައި ހުޅުޖެހިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

27 އޭޕްރީލް 2024 - 14:02 0

މިމަހު 16 ގައި ކުޅުދުއްފުށީގައި ހުރި ކެމްޕޭނު އޮފީހެއްގައި ހުޅުޖެހިކަމަށް މީހާގެ ބަންދަށް މިއަދު ކްރިިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.

މީޑިއާތަކަށް މިއަދު ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު އެވެ.

"ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕޭނު އޮފީސްގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި 25 އޭޕްރިލް 2024 ވަނަ ދުވަހު 14:55 ހާއިރު 31 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި، މި މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯކޮށްލާފައި ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބު ކާމިޔާބުކޮށް ކުޅުފުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިހާބުވި ފަރުހަތު މުހައްމަދުގެ ކެމްޕޭނު އޮފީހެއްގަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.