Advertisement

ކެމްޕެއިން އޮފީހެއްގައި ހުޅުޖެހިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

25 އޭޕްރީލް 2024 - 21:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހދ. ކުޅުދުއްފުށި


ކެމްޕެއިން އޮފީހެއްގައި ހުޅުޖެހިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

25 އޭޕްރީލް 2024 - 21:19 0

ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ހުޅުޖެހިކަމަށް ތުހުމަތުކުރެވޭ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ "ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި މިއަދު 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ" ކަމަށެވެ.

އޭނާ ހައްޔަރުކުރީ މިއަދު 14:55 ގައި ކަމަށާއި، ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްލާފައި ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހުގަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފަރުހަތު ވަނީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު އަލީ ވަހީދުއާ ވާދަކޮށް 92 ވޯޓުން ކުރި ހޯދައިފަ އެވެ.