Advertisement

ޑިމޮކްރެޓްސްގެ ނަން ބޭނުންކުރައްވާ ހޯމް މިނިސްޓަރު ވަނީ އޮޅުވާލާފައި: ހަސަން

16 އޭޕްރީލް 2024 - 09:38 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: ހޯމް މިނިސްޓަރު ޑިމޮކްރެޓްސްގެ ނަމުގައި އޮޅުވާލާތީ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައި -- ފޮޓޯ: މިރާޝް ނާޝިމް ފޮޓޯ:


ޑިމޮކްރެޓްސްގެ ނަން ބޭނުންކުރައްވާ ހޯމް މިނިސްޓަރު ވަނީ އޮޅުވާލާފައި: ހަސަން

16 އޭޕްރީލް 2024 - 09:38 1

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ދަ ޑިމޮކްރެޓްސް ނިންމި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވުމުން އެ ޕާޓީގެ ރައީސް ހަސަން ލަތީފް އެކަން ކުށްވެރިކޮށްފި އެވެ.

ގުރައިދޫ ދާއިރާއަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާ ލީލާ އިބްރާހިމް މަނިކު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވާހަކަ ދެއްކެވީ ޑިމޮކްރެޓްސް އިން ޕީއެންސީއާއެކު މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ދޭހަވާ މޭރުމަކުންނެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރަން ޑިމޮކްރެޓްސްއިން ނިންމި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. ނަމަވެސް މި ނޫހާ ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ހަސަން ވިދާޅުވީ އިހުސާން ހެއްދެވީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

"ޕާޓީގެ ނިންމުމެއް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި. އެއާ އެއްގޮތަށް އަމަލުކުރީ ވެސް. ހޯމް މިނިސްޓަރަކަށް އިންނެވި ބޭފުޅެއް އަދި އަމުދުން އެހާ ބޮޑު އޮޅުވާލުންތަކެއް ރައްޔިތުންނަށް އޮޅުވާލައިގެން އެއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް،" ހަސަން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސްއިން އަމަލުކުރާނެ ގޮތެއް ނިންމަން ބޭއްވި އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި ސްކުރީ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.

އޭގެ އިތުރުން، ނުރަނގަޅުކޮށް ސިޔާސީ ބޭނުމަށް އިހުސާން ދައްކަވާ ވާހަކައަކީ މުޑުދާރު އަމަލެއްކަން ފާހަގަކުރައްވާ ހަސަން ވިދާޅުވީ ދައުލަތުގެ ވަޒީރަކު ބޮޑެތި ދޮގު ހައްދަވާތީ ކަންބޮޑުވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރާ ލީލާ އިބްރާހިމް މަނިކާއި ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ފާތިމަތު ޒިލްމާ ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރުމުން ޑިމޮކްރެޓްސްއިން ވަނީ އެ ދެ ކެންޑިޑޭޓުންނަށް ކުރި ތާއީދު އަނބުރާ ގެންގޮސްފަ އެވެ.