Advertisement

ރިޔާސީ އިންތިހާބު 2018 ގެ ކަަވަރޭޖަށް ޕީއެސްއެމަށް ދިން ސޮފްޓްވެއާގެ އަގު ދައްކަން ހުކުމްކޮށްފި

15 އޭޕްރީލް 2024 - 17:53 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސޮފްޓްވެއާ ބޭނުންކޮށް ޕީއެސްއެމް އިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގެނެސްދެނީ: އޭގެ އަގު ދައްކަން ހުކުމްކޮށްފި


ރިޔާސީ އިންތިހާބު 2018 ގެ ކަަވަރޭޖަށް ޕީއެސްއެމަށް ދިން ސޮފްޓްވެއާގެ އަގު ދައްކަން ހުކުމްކޮށްފި

15 އޭޕްރީލް 2024 - 17:53 0

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ރިޔާސީ އިންތިހާބު 2018، ގެ ކަވަރޭޭޖަށް ސޮފްޓްވެއާ ތައްޔާރުކޮށްދިނުމަށް އެއްބަސްވެފައިވާ އަގުން ބާކީ ނުދައްކާ އޮތް 36،250 ޔޫރޯ އެ ތައްޔާރުކޮށްދިން ކުންފުންޏަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ވިސްޑަމް ޓެލެވިޒަން - ސިސްޓެމަސް އިންފޯމަޓިކޮސް ޕެރާ ޓެލެވިޒޯ އެލްޑީއޭއާ އެކު އޭރު އެއްބަސްވެފައިވަނީ 72،500 ޔޫރޯ ދައްކާ ގޮތަށެވެ. އެ ގޮތުން 50 ޕަސެންޓު އެޑްވާންސްކޮށް ދައްކާ ގޮތަށެވެ. ޕީއެސްއެމުން 36،250 ޔޫރޯ އެޑްވާންސްގެ ގޮތުގައި ދައްކާފައިވެ އެވެ.

ކަވަރޭޖަށް ފަހު އަގުގެ ބާކީ ފައިސާ ދެއްކުމަށް ޕީއެސްއެމުން ދެކޮޅު ހެދީ އެއީ އެ ވަރުގެ ސޮފްޓްވެއާ ތައްޔާރުކޮށްދޭ ބާޒާރު އަގަށް ވުރެ މާ މަތީ އަގެއް ކަން އެ ކުންފުންޏަށް ފެނުމުން، ސޮފްޓްވެއާ ތައްޔާރުކޮށްދިން ކުންފުނިން އެއްބަސްވުމުގެ އަގު ދިނީ އޮޅުވާލައިގެން ކަމަށް ބުނެ އެވެ.

ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ ޕީއެސްއެމްއިން އެ ގޮތަށް ބުނި ނަމަވެސް އެ ކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް ދެއްކިފައެއް ނުވާ ކަމަށެވެ. އަދި އެ އަގަކީ ދެ ފަރާތުން އެއްވެސް ހިޔާލު ތަފާތުވުމެއް ނެތި އެ ކަމަށް އެއްބަސްވެގެން ލިޔެކިޔުމަށް ތިރިކޮށް އެއަށް އިގުރާރުވެގެން ސޮއި ދީފައިވާ އަގެއް ކަމަށެވެ.

އެ ކުންފުނީގެ މުވައްޒަފުންތަކެއް ރާއްޖޭގައި ތިބުމަށް ހޭދަވި 3،500 ޔޫރޯއާއި ބާކީ އަގުގެ 36،250 ޔޫރޯ ހިމެނޭ ގޮތަށް ޖުމުލަ 39،750 ޔޫރޯ ދެއްކުމަށް ހުކުމުގައިވެ އެވެ.