Advertisement

އެންޓި ކެމްޕޭންކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީސީއިން ދީފި

15 އޭޕްރީލް 2024 - 16:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒު -- މުހައްމަދު ޝާބިން / އަދަދު


އެންޓި ކެމްޕޭންކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީސީއިން ދީފި

15 އޭޕްރީލް 2024 - 16:42 0

އަންނަ ހަފުތާގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓި ކެމްޕެއިން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

އީސީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓި ކެމްޕެއިންގެ އަމަލުތައް ހިންގާ ކަމަށާއި، އެގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކާއި ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭގޮތަށް މެސެޖުތައް ދައުރު ކުރަމުންދާ ކަމަށް އީސީއިން ބުންޏެވެ.

"ގަވައިދު ނަންބަރު 2020/R-48 (އިންތިހާބުތަކާބެހޭ އާންމު ގަވައިދު) ގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސްކުރަން،" އީސީގެ ބަޔާނުވައިވެ އެވެ.

އީސީން މިހާރު ވެސް އަންނަނީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާތަކުގައި ވަޒީފާގެ ބިރު ދައްކާ މައްސަލައެއް މިހާރު ބަލަމުންނެވެ.

އިންތިހާބާ ގުޅޭ 40 އަށްވުރެ ގިނަ މައްސަލަ އެ ކޮމިޝަނުން ބަލައި ނިންމާފައި ވީނަމަވެސް މިހާތަނަށް އެއްވެސް މައްސަލައަކާ ގުޅިގެން އީސީއިން ފިޔަވަޅެއް ނާޅަ އެވެ.