Advertisement

ކޮރަޕްޝަން އަންދާޒާ ކުރުމަށް ސައިންޓިފިކް ދިރާސާއެއް ކުރާނެ ބަޔަކު އޭސީސީން ހޯދަނީ

15 އޭޕްރީލް 2024 - 12:47 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން.


ކޮރަޕްޝަން އަންދާޒާ ކުރުމަށް ސައިންޓިފިކް ދިރާސާއެއް ކުރާނެ ބަޔަކު އޭސީސީން ހޯދަނީ

15 އޭޕްރީލް 2024 - 12:47 2

ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިވާ ސަބަބުތައް ދަނެގަނެ ސައިންސް މެދުވެރިކޮށް ކޮރަޕްޝަން އަންދާޒާ ކުރުމަށް ބޭނުންވާ ސައިންޓިފިކް ދިރާސާއެއް ކުރާނެ ބަޔަކު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއުލާނުކޮށްފި އެވެ.

މި ދިރާސާގެ މައުލޫއުގެ ގޮތުގައި ކަނޑައަޅާފައިވަނީ "އަ ޕްރިޑިކްޓިވް މޮޑެލް އޮފް ކޮރަޕްޝަން އިން ދަ މޯލްޑިވްސް: ބިހޭވިއަރަލް އިންޑިކޭޓާސް އެންޑް އެތިކަލް ޕާސްޕެކްޓިވް" އެވެ.

އެ ދިރާސާގެ އަލީގައި ކޮރަޕްޝަނަށް މަގުފަހިކުރާ އަހުލާގީ ސިފަތައް ދެނެގަތުމާއި ކޮރަޕްޝަނާއި މެދު އާންމުން ދެކޭ ގޮތް ސައިންސް މެދުވެރިކޮށް ޕްރެޑިކްޓް ކުރާނެ ގޮތް ދެނެގަންނާނެ އެވެ. އޭގެ އިތުރުން, ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެކަން ކުރާ ސަބަބުތައް ވެސް ދެނެގަތުން މި ދިރާސާގެ މަގުސަދެއް ކަމަށް ލިޔެފައިވެ އެވެ.

މެއި 2024, ގައި ފަށަން ނިންމާފައިވާ މި ދިރާސާ ދެ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އޭސީސީގެ ޓާމް ޝީޓްގައި ހިމަނާފައިވެ އެވެ.

މިފަދަ ދިރާސާއެއް ކުރުމަށް އޭސީސީން ނިންމާފައިވާއިރު އެ އިދާރާއަށް ހުށަހަޅާ މައްސަލަތައް ނިންމައި އެކަށީގެންވާ ފިޔަވަޅު ނާޅާތީ އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އޭސީސީގެ އަހަރީ ރިޕޯޓުގައިވާ ތަފާސްހިސާބުން އެނގޭ ގޮތުގައި އެ ކޮމިޝަނަށް މިދިޔަ އަހަރު 1,151 ޝަކުވާ ހުށަހެޅިއިރު އޭގެ ތެރެއިން މައްސަލަތަކުގެ ގޮތުގައި ރިކޯޑުކުރީ 742 މައްސަލަ އެވެ. އޭގެ ތެރެއިން 16 މައްސަލައަކީ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލަތަކެވެ.

އޭސީސީން މުޅި ޖުމުލަ ނިންމިފައިވަނީ 358 މައްސަލަ ކަމަށްވާއިރު ތަހުގީގު މަރުހަލާގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު އުޅެނީ 999 ގަ އެވެ.