Advertisement

މުޅި ކުޅުދުއްފުށިން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ

15 އޭޕްރީލް 2024 - 11:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހދ. ކުޅުދުއްފުށި


މުޅި ކުޅުދުއްފުށިން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ

15 އޭޕްރީލް 2024 - 11:58 0

މުޅި ކުޅުދުއްފުށިން އަނެއްކާ ވެސް ރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އަބްދުﷲ "އަދަދު" އަށް ވިދާޅުވީ މިއަދު ހެނދުނު މުޅި ރަށުން ކަރަންޓު ކެނޑުނުފަހުން އަދިވެސް ކަރަންޓް ނުލިބޭ ކަމަށެވެ.

ކަރަންޓުގެ ކެނޑުމުގެ މައްސަލަ ކުޅުދުއްފުއްޓަށް ދިމާވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މައްސަލަ ހައްލުނުވެ ދިގުލައިގެންދާތީ އަހުމަދު އަބްދުﷲ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ކުޅުދުއްފުށި ފެނަކަ ބްރާންޗުގެ އެސިސްޓެންޓު މެނޭޖަރު ހަމީސް އިބްރާހިމް "އަދަދު" އަށް ވިދާޅުވީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި، ކަރަންޓު އަނބުރާ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކަރަންޓުގެ މައްސަލަ މުޅިން ހައްލު ކުރުމަށް ޖެނެރޭޓަރެއް ގެނެސް އިންސްޓޯލް ކުރުމުގެ މަަސައްކަތް މިދަނީ ކުރަމުން. އިންސްޓޯލް ކުރެވުމުން މުޅި މައްސަލައަށް ހައްލު ގެނެވޭނެ" ހަމީސް ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ނުވެ މަހެއް ވަމުންދާއިރު، މިދިޔަ ހަފްތާގައި އެ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާން ފެށީ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން، ބޭނުން ކުރަމުންދާ ޖެނެރޭޓަރުތަކަށް ލޯޑު ބޮޑުވުމާ ގުޅިގެންނެވެ.

އެގޮތުން އެ ރަށުގައި ކޮންމެ ދުވަހަކު ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދެ އެވެ. އަދި އެކަމަށް ކޮންމެ ދުވަހަކު ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކައިން ޝެޑިއުލްއެއް ވެސް ނެރެ އެވެ.