Advertisement

ކުންފުނިތަކުން މީހުން ވަކިކުރުން ހުއްޓުވަން ގާނޫނެއް ހަދާނަން: ސޯލިހް

15 އޭޕްރީލް 2024 - 11:26 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ތިމަރަފުށީގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްޑީޕީ


ކުންފުނިތަކުން މީހުން ވަކިކުރުން ހުއްޓުވަން ގާނޫނެއް ހަދާނަން: ސޯލިހް

15 އޭޕްރީލް 2024 - 11:26 0

އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ މީހުނަށް އަމާޒުކޮށް ސަރުކާރު ކުންފުނިތަކުން އެފަދަ މީހުން ވަކިކުރަމުންދާ ދިޔުން ހުއްޓުވުމަކަށް ގެނައުމަށް ޓަކައި، ގާނޫނުގެ ރައްކާތެރިކަން ލިބޭނެ ގޮތަށް ގާނޫނެއް ގެންނާނެ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ތިމަރަފުށި ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު ފަތުހުﷲގެ ކެމްޕެއިން އިވެންޓުގައި ސޯލިހު ވިދާޅުވީ ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރި ނަމަވެސް ސިވިލް ސާވިސް އިން ވަޒީފާއިން ވަކިނުކުރެވެނީ އެ ގާނޫނުން އެ ހިމާޔަތް ދީފައިވާތީ ކަމަށެވެ.

އެފަދަ ހިމާޔަތަށް ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ މީހުނަށް ވެސް ބޭނުން ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާ އެކީގައި، ކުންފުނިތަކުގެ މުވައްޒަފުންނަށް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ގޮތަށް ގާނޫނެއް އަޅުގަނޑުމެން ގެންނާނަން،" ސޯލިހު ވިދާޅުވި އެވެ.

މީގެ ކުރިން، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސިވިލް ސާވިސް ގާނޫނުން އެ ހިމާޔަތް ދިނުމަށް މަސައްކަތް ކުރުމުން ސަރުކާރުގެ ދަތިތައް ވެސް އައި ނަމަވެސް އެ ހިމާޔަތް ދެވުމުގެ ފައިދާ އެބަ ފެންނަ ކަމަށެވެ. އެ ހިމާޔަތް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ހައްގު ކަމަށް ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ އަންނަ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުން ވަރަށް މުހިންމު ކަމަށެވެ. އެހެން ނޫން ނަމަ މިހާރު ވެރިކަންކުރާ ޕީއެންސީން ގެންދާނީ ހުދުމުހުތާރު ސިފަތަކުގެ ވެރިކަމަކަށް ކަމަށް ސޯލިހު ދައްކަވާ ވާހަކަތައް ރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ބައިވެރިވާ، ސަރުކާރު ކުންފުނިތަކުން ރަށްރަށުގެ މެނޭޖަރުން ލެވެލްގައި ތިބި ބައެއް މީހުން ހިމެނޭ ގޮތަށް ވަޒީފާއިން ވަކިކޮށްފައިވެ އެވެ.

އެމްޑީޕީން ބުނާ ގޮތުގައި އެ ގޮތަށް ވަޒީފާއިން ވަކިކުރި މީހުންގެ އަދަދު 1،000 އަށް އަރަ އެވެ. އެ މީހުނަށް އެ ޕާޓީން ހިލޭ ގާނޫނީ އެހީތެރިކަން ދިނުމަށް ވެސް ނިންމާފައިވެ އެވެ.