Advertisement

ދިރާގުން ހިއްސާއަކަށް 7.50ރ. ބަހަން ފާސްކޮށްފި

28 އޭޕްރީލް 2024 - 22:31 0

ދިރާގުގެ މައި އޮފީސް އިމާރާތް: ދިރާގަކީ ރާއްޖޭގެ އެންމެ އަގު ބޮޑު ކުންފުނި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ދިރާގުން ހިއްސާއަކަށް 7.50ރ. ބަހަން ފާސްކޮށްފި

28 އޭޕްރީލް 2024 - 22:31 0

ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާއަށް ހިއްސާއަކަށް 7.50ރ. މަގުން ބަހަން އެ ކުންފުނީގެ ހިއްސާދާރުން މިރޭ ފާސްކޮށްފި އެވެ.

ދިރާގުގެ ހިއްސާދާރުން މިގޮތަށް ފާސްކުރީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ދިޔަ އެ ކުންފުނީގެ 35 އަހަރީގެ ޖަލްސާގެ ތެރެއިންނެވެ.

މި ޖަލްސާގައި ބައިވެރިވި 335 ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްކުރީ، ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް، އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 1.66ރ. މަގުން އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.84ރ. މަގުން ފައިދާ ބަހަންށެވެ. މިއީ ގާތްގަނޑަކަށް 570 މިލިއަން ރުފިޔާގެ ޖުމްލަ ޑިވިޑެންޑެކެވެ.

މިދިޔަ އަހަރަކީ ދިރާގަށް މާލީ ގޮތުން ފާގަތި އަހަރެކެވެ. އެގޮތުން އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 2.6 ބިލިއަން ރުފިޔާއިން 896 މިލިއަން ރުފިޔާ ސާފު ފައިދާވި އެވެ.

ދިރާގަކީ ބަހުރެއިންގެ ބަޓެލްކޯއިން މެޖޯރިޓީ ހިއްސާވާ ދިވެހި ސަރުކާރާއި އާންމުން ހިއްސާވާ މުވާސަލާތީ ހިދުމަތްދޭ ކުންފުންޏެކެވެ. މާކެޓު ކެޕްގެ ގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު ކުންފުންޏަކީ ދިރާގެވެ. އެ ކުންފުނީގެ އަގަކީ 13.5 ބިލިއަން ރުފިޔާ އެވެ.