Advertisement

ޗެމްޕިއަންސް ލީގު ފައިނަލުގައި ޕްލޭޔާ މެސްކޮޓަކަށް ވުމުގެ ފުރުސަތު ބީއެމްއެލްއިން ދެނީ

15 އޭޕްރީލް 2024 - 12:48 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޗެމްޕިއަންސް ލީގު ފައިނަލުގައި ޕްލޭޔާ މެސްކޮޓަކަށް ވުމުގެ ފުރުސަތު ބީއެމްއެލްއިން ދެނީ

15 އޭޕްރީލް 2024 - 12:48 0

ބީއެމްއެލްއިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު ކުއްޖަކަށް ދަނޑަށް އެރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނީ މާސްޓަ ކާޑުގެ ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗު ބަލާލަން ގުރުއަތުން ހޮވޭ ފަރާތަކަށް ކުއްޖަކު ގޮވައިގެން ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މާސްޓަކާޑު ޕްލޭޔާ މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް ޔޫއެފާ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ރަނުގެ ފުރުސަތެއް ލިބިގެންދެ އެވެ.

"ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި ދެ މީހަކަށް (ބޮޑު މީހަކާއި ކުއްޖަކަށް) ހުރިހާ ހަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ. ލަންޑަން ދެކޮޅު ޑިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕްލޭޔާ މެސްކޮޓް، ޕޮކެޓް މަނީގެ އިތުރުން ވެލަކަމް ގިފްޓެއް ލިބޭނެ" ބީއެމްއެލްއިން ބުނެ އެވެ.

މި ޕްރޮމޯޝަންގައި މާސްޓަ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށާއި، ޕްރޮމޯޝަން ކުރިއަށްދާނީ މެއި، 7 ގެ ނިޔަލަށް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މާސްޓަކާޑަކީ ޔޫއެފާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާ ކަމަށްވާއިރު، ބީއެމްއެއްއަކީ ރާއްޖޭގައި މާސްޓަ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.

ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.