Advertisement

އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

13 އޭޕްރީލް 2024 - 20:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ


އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

13 އޭޕްރީލް 2024 - 20:09 0

އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއެއް ސަރުކާރުން މިއަދު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އާއި އެމްޑަބްލިއުއެސްސީ އިން ސޮއިކުރީ އައްޑޫ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރް އަބްދުލް މަތީން މުހައްމަދެވެ. އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދު އެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 282 މިލިޔަން ރުފިޔާ އެވެ.

މަޝްރޫއުގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި އައްޑޫ ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުން ހިމެނެ އެވެ. ފެން ރައްކައުކުރުމަށްޓަކައި 2،000 ޓަނުގެ ތިން ތާންގީ އާއި 1،000 ޓަނުގެ ތިން ތާންގީއާއެކު ޖުމްލަ ހަ ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި 100ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހިތަދޫގައި ގާއިމުކުރުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ.

އައްޑޫ މީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 1،000 ޓަނުގެ ތިން ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އަޅައި، 75ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުމަކީ ވެސް އެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކެވެ.

ހިތަދޫ އާއި ހުޅުމީދޫއަށް ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، ސ.މަރަދޫ، ސ.މަރަދޫ-ފޭދޫ އަދި ސ.ފޭދޫގައި ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ ޖުމްލަ ހަތަރު ތާންގީ ބެހެއްޓުން މަޝްރޫގައި ހިމެނެ އެވެ.

އެ ރަށްރަށުގެ ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި އަދި ސްޕެއާ ފޯރުކޮށްދިނުންވެސް އެ މަޝްރޫއުގައި ހިމެނެ އެވެ.