Advertisement

އައްޑޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

12 އޭޕްރީލް 2024 - 00:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: މާރާމާރީގައި އަނިޔާވި ޒުވާނާއަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން


އައްޑޫގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

12 އޭޕްރީލް 2024 - 00:19 0

އައްޑޫ ސިޓީ ހުޅުމީދޫގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ޒުވާނަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އޭނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މާރާމާރީ ހިންގި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 20:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އޭގެއިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.