Advertisement

އަފްރޯ އާއި ސީސީ އެއްވަރު, ނަލަ ބްރަދާސް ކުއާޓާ އަށް

11 އޭޕްރީލް 2024 - 19:58 0

އަތޫފް އާތިފް

އަތޫފް އާތިފް


އަފްރޯ އާއި ސީސީ އެއްވަރު, ނަލަ ބްރަދާސް ކުއާޓާ އަށް

11 އޭޕްރީލް 2024 - 19:58 0

އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024 ގައި އަފްރޯ ސްޕޯޓްސް ކުލަބާއި ސީސީ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާ އިން އެއްވަރުވިއިރު, ނަލަ ބްރަދާސް އިން 5-1 ގެ ނަތީޖާއަކުން ބީކޭ ސްޕޯޓްސް ކުލަބް ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އޭދަފުށި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވަނީ ހަތަރު މެޗު ކުޅެފަ އެވެ.

ރޭގެ ފުރަތަމަ މެޗުގައި އެއިޓީފޯ އެފްސީ އާއި ކޭބަލް ބްރަދާސް ބައްދަލުކުރިިއިރު, މި މެޗު އެއިޓީފޯ އެފްސީ އިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ކޭބަލް ބްރަދާސް އިންނެވެ. މި ގޯލު އެޓީމަށް ޖަހާދިނީ މުހައްމަދު ވާސިފް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއިޓީފޯ ގެ ޝާފީ އަލީ ވަނީ ދެ ގޯލު ޖަހާ ނަތީޖާ އަނބުރާލާފަ އެވެ. އެއިޓީފޯގެ ފަހު ދެ ގޯލު އެ ޓީމަށް ޖަހާދިނީ އަބްދުالله ޖާހު ޖާދުއްالله އަދި ހުސެއިން ޝިހުބާން އެވެ.

ރޭގެ ދެވަނަ މެޗުގައި ވެލާ ސްޕޯޓްސް ކުލަބް އިން ވަނީ 6-0 ގެ ނަތީޖާ އަކުން ފްރެންޑްސް ބަލިކޮށްފަ އެވެ. މި މެޗުގައި ވެލާގެ ހުސެއިން ސުހައިލް ދެ ގޯލު ޖެހިއިރު, އަހުމަދު ޖައުޝާން އަބްދުالله, ހަމްދާން އަބްދުއް ސައްތާރު, ރައްޒާން ޖައުފަރު އަދި މުހައްމަދު ނައުފް, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ.

ނަލަ ބްރަދާސް އިން ކުއާޓާގެ ޖާގަ ކަށަވަރުކުރީ ބީކޭ ސްޕޯޓްސް ކުލަބް 5-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ނަލަ ބްރަދާސްގެ ހުޒައިފަތު ރަޝީދު ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އަލީ ނަސީރު ވަނީ ދެ ގޯލު ޖަހާފަ އެވެ.

މި މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 17 ގަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް އޭދަފުށި ކައުންސިލް ފޭސްބުކް ޕޭޖު އާއި ޔޫޓިއުބުން ލައިވްކޮށް ދައްކާނެ އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ. އެއާ އެކު، އެ ރަށުގައި ފުޓްސަލްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. އަނެއްކޮޅުން، މި ފަހަރުގެ އޭދަފުށީ ފުޓްސަލް ކަޕްގައި އެ ރަށުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކުޅޭނެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، އަދަދު ސްޕޯޓްސް އެވެ