Advertisement

ހުލާސާކޮށް އިއްޔެ: ޒެއިން ވިދާޅުވާ ގޮތުން ރައީސް މުއިއްޒު ވެރިކަމަށް ގެނެވުމަކީ ރަނގަޅު ބަދަލެއް ނޫން!

11 އޭޕްރީލް 2024 - 08:06 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު އިވެންޓެއްގައި. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ޒެއިން ވިދާޅުވާ ގޮތުން ރައީސް މުއިއްޒު ވެރިކަމަށް ގެނެވުމަކީ ރަނގަޅު ބަދަލެއް ނޫން!

11 އޭޕްރީލް 2024 - 08:06 0

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވައިގެން ގެނެވުނު ބަދަލު ރަނގަޅު ނޫން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ވަގުތީ ރައީސް، ޒެއިން އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އުފައްދަން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް ފަހު ޒެއިން "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ލިބިފައިވާ ހައްގެއް ކަމަށްވާއިރު، އިލެކްޝަންސް ކޮމިޝަންސްގެ ހުއްދައާއެކު ވެސް ޖަލްސާ ބާއްވަން ފުރަތަމަ މަސައްކަތް ކުރުމުން މި ސަރުކާރުން އެކަމަށް ހުރަސް އެޅި ކަމަށެވެ.

މަގުމަތީކުރީ ކޮން ބައެއްކަން ރައްޔިތުންނަށް މިހާރު ސާފުވާނެކަން ފާހަގަކުރައްވާ ޒެއިން ވިދާޅުވީ ޔާމީނަށް އެބޭފުޅުންގެ ހިތުގައި އޮތީ ކޮން ނަފްރަތެއްތޯ ސުވާލު އުފެދޭ ކަމަށާއި، އިހްލާސްތެރިންނޭ ކިޔައި ޕީއެންއެފްގެ މެމްބަރުންނަށް ކުރީ އަނިޔާ ކަމަށެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން މިއީ ރަނގަޅު ބަދަލެއް ކަމަށް މި ގެނެވުނީ،" އެމްޑީޕީގެ ވެރިކަން ބަދަލުކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނެވުން ރަނގަޅު ނޫންކަން ފާހަގަ ކުރެއްވުމުގެ ގޮތުން އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ވިދާޅުވީ ޕީއެންއެފް ވެގެންދާނީ ހުރިހާ އެންމެން ވެސް ބައިވެރިކޮށްގެން ކުރިއަށް ގެންދާނެ ޕާޓީއަކަށް ކަމަށާއި، އެ ޕާޓީން އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށެވެ.

ޕީޕީއެމްއިން ވަކިވެ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ޕީއެންއެފްއާ ގިނަ ބަޔަކު ގުޅެމުން އަންނައިރު، ރައީސް މުއިއްޒުގެ ވެރިކަން ގެންނަން މަސައްކަތްކުރި ޔާމީނުގެ ގިނަ ސަޕޯޓަރުން އަންނަނީ ޕީއެންއެފްއާ ގުޅެމުންނެވެ.

މުހިއްމު ބައެއް ހަބަރު