Advertisement

މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 48 ޑިގްރީ ސެލްސިއަސްގައި

10 އޭޕްރީލް 2024 - 15:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 48 ޑިގްރީ ސެލްސިއަސްގައި

10 އޭޕްރީލް 2024 - 15:53 0

މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 48.4 ޑިގްރީ ސެލްސިއަސްގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އިހުސާސް ކުރެވޭ ހޫނުމިން މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހުރީ 40 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައި ކަމަށެވެ.

އެގޮތުން ހަނިމާދޫގައި އިހުސާސް ކުރެވޭ ހޫނުމިން 41.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ކައްދޫގައި ހުރީ 43.5 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓުން ބުނެ އެވެ. އަދި ކާޑެއްދޫގައި 42.6 ޑިގްރީ ސެލްސިއަސްގައި އިހުސާސް ކުރެވޭ ހޫނުމިން ހުރިއިރު، ގަމުގައި ހުރީ 41.2 ޑިގްރީ ސެލްސިއަސްގައި ކަމަށް އެ އޮފީހުން ބުނެ އެވެ.

މި ދުވަސްވަރަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރުކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން 45 ޑިގްރީއަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ގަދަ ހޫނުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުން މުހިންމު ކަމަށާއި އެގޮތުން މެންދުރު ވަގުތު ބޭރަށް ނުކުންނައިރު ކުޑަ ބޭނުންކޮށް، އަވިން ރައްކާތެރިކޮށްދޭ ލޯޝަން ބޭނުންކޮށް، އަވި އައިނު އެޅުން އަދި ގިނައިން ފެންބުއިމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފަ އެވެ.

އޭގެ އިތުރުން ދުވަހުގެ ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރު ކުރި 11:00 އިން މެންދުރު ފަހު 15:00 އާ ދެމެދު ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.