Advertisement

މޫސުން ގޯސްވެ, ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

29 އޭޕްރީލް 2024 - 10:23 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފަ :ބޯކޮށް ވާރޭވެހޭނެ ކަމަށް ބުނެ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި - ފޮޓޯ: އަދަދު


މޫސުން ގޯސްވެ, ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

29 އޭޕްރީލް 2024 - 10:23 0

މުޅި ރާއްޖަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ހެދުނު މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މެންދު 12:00 އާ ހަމައަށެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ އެވެ.

މިދިޔަ ހަފުތާ ބަންދުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް، ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ.

މެޓް އޮފީހުން ކޮންމެ ދުވަހަކަށް މޫސުން ލަފާކުރާ ލަފާކުރުންތަކުގައިވާ ގޮތުން، މިއަދު އެއްކޮށްވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އެވެ. ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

މީގެއިތުރުން، އުތުރުގެ ކަނޑުތައް މަޑުވި ނަމަވެސް އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ހުރިހާ ސަރަހައްދެއްގެ ކަނޑުވެސް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ.