Advertisement

ބީއެމްއެލް އިން ހަ ރަށެއްގައި އީދު ސައި ބާއްވައިފި

10 އޭޕްރީލް 2024 - 20:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބީއެމްއެލް އިން ހަ ރަށެއްގައި އީދު ސައި ބާއްވައިފި

10 އޭޕްރީލް 2024 - 20:59 0

ފިތުރު އީދު ފާހަގަކުރުމާއި މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަ ރަށެއްގައި އީދު ސައި ބާއްވައިފި އެވެ.

ރަށްރަށުގެ ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކާ ގުޅިގެން މި އަހަރުގެ އީދު ސައި ބާއްވާފައިވަނީ ހއ. އުތީމު، ރ. ކިނޮޅަސް، އދ. ދަނގެތި، ތ. ވޭމަންޑޫ، ލ. ގަން އަދި ފުވައްމުލަކު ސިޓީގައި އެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އީދު ސަޔަކީ ކޮންމެ އަހަރަކުވެސް އެހާމެ ކާމިޔާބު އަދި ރަށްރަށުން ވަރަށް ބޮޑަށް ބަލައިގަންނަ އިވެންޓެއް ކަމަށާއި، އެކަކުއަނެކާއި ބައްދަލުވެ، ހިނިތުންވެލާ، ވާހަކަ ދައްކާލާ ކެއުމުގެ މަޖަލުގައި މީހުން އެކުވެރިކުރުވާ ކަމެއް ކަމަށެވެ.

"މިއީ ބޭންކަށް އަބަދުވެސް ވަރަށް ހާއްސަ އިވެންޓެއް. މި އިވެންޓް ބޭއްވުމަށް އެހީތެރި ވެދެއްވި އަޅުގަނޑުމެންގެ ޓީމާއި، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ޝުކުރު އަދާކުރަން،" ސައީދު ވިދާޅުވި އެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އިޖުތިމާއީ ގުޅުމުގެ ބަދަހިކަމާއި އެއްބައިވަންތަކަން އީދު ސައި ފަދަ ހަރަކާތްތަކުން ދައްކުވައިދެ އެވެ.