Advertisement

ޕީއެންއެފްއަށް ހުރަސް އެޅުމުން ފައްޔާޒުގެ ކަންބޮޑުވުން

9 އޭޕްރީލް 2024 - 21:49 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޕީއެންއެފްއަށް ހުރަސް އެޅުމުން ފައްޔާޒުގެ ކަންބޮޑުވުން

9 އޭޕްރީލް 2024 - 21:49 0

ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅާފައިވާތީ އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފައްޔާޒު ވަނީ ސަރުކާރުން ފުލުހުންނާއި, އިލެކްޝަންސް ކޮމިޝަން އާއި ޕްރައިވެޓް ސްކޫލްތަކަށް ނުފޫޒު ފޯރުވައި ޔާމީންގެ ޕީއެންއެފް އުފެއްދުމަށް ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"ސިޔާސީ ވާދަވެރިން އުފެދުމަށް ފުރުސަތު ދިނުމަށް ރައީސް މުއިއްޒު ޖެހިލުންވާން ނުޖެހޭ. މިއީ މި ސަރުކާރުގެ އަމަލުތައް ކުރިއަށް އޮތް ތަނުގައި ވެސް ހުންނާނެ ގޮތް. ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވުމަށް ގޮވާލަން," އޭނާ ވިދާޅުވި އެވެ.

މިރޭ 10:00 އަށް ތާވަލުކުރި ޕީއެންއެފްގެ ޖަލްސާއަށް, އެ ޕާޓީގެ އިސްވެރިންނާއި މެންބަރުން ދިޔައިރު, ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގެ ގޭޓު ބަންދުކޮށް ބައިވެރިން އެތެރެއަށް ދިއުމަށް ހުރަސް އަޅައިފަ އެވެ.

ޖަލްސާއަށް ހުރަސްއެޅުމުން އެ ސަރަހައްދަށް އެއްވި ތިބި އެ ޕާޓީގެ ސަޕޯޓަރުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ޣިޔާސުއްދީން ސްކޫލުގެ ހޯލު ވަނީ ތައްޔާރުކޮށްފަ އެވެ. އެ ސްކޫލަކީ ރާއްޖޭގައި ހިންގަމުންދާ ޕްރައިވެޓް ސްކޫލެކެވެ.

ފުލުހުން ބުނީ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރަން ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.