Advertisement

ދިރާގާއި ލަޔަންސްގޭޓް ޕްލޭ ގުޅިގެން ކޮންޓެންޓް ރާއްޖެއަށް ގެންނަނީ

9 އޭޕްރީލް 2024 - 17:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގާއި ލަޔަންސްގޭޓް ޕްލޭ ގުޅިގެން ކޮންޓެންޓް ރާއްޖެއަށް ގެންނަނީ

9 އޭޕްރީލް 2024 - 17:45 0

ދިރާގާއި ލަޔަންސްގޭޓް ޕްލޭ ގުޅިގެން އެކްސްކްލޫސިވް، ޕްރިމިއަމް ޑިޖިޓަލް މުނިފޫހިފިލުވުމުގެ ކޮންޓެންޓް ރާއްޖެއަށް ގެނެސްފި އެވެ.

ދިރާގުން ބުނީ މި ޕާޓްނާޝިޕާއެކު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލަޔަންސްގޭޓް ޕްލޭގެ މޮބައިލް އެޕްލިކޭޝަންއަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށެވެ.

ލަޔަންސްގޭޓް ޕްލޭއަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ކުންފުނި، ލަޔަންސްގޭޓްގެ ސްޓްރީމިން މޮބައިލް އެޕްލިކޭޝަނެވެ.

ލަޔަންސްގޭޓަކީ 'ދަ ހަންގަރ ގޭމްސް'، 'ޖޯން ވިކް'، 'ލާ ލާ ލޭންޑް' އަދި 'ނައިވްސް އައުޓް' ފަދަ މަޝްހޫރު، އެވޯޑު ލިބިފައިވާ ފިލްމުތަކުގެ އިތުރުން އެކި ޓީވީ ސީރީޒްތަކާއި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ލަޔަންސްގޭޓް ޕްލޭގެ މި އެކްސްކްލޫސިވް ކޮންޓެންޓް ރާއްޖޭއިން ބަލާލުމުގެ ފުރުސަތު ލިބޭ ފުރަތަމަ ފަރާތްތަކަށް ދިރާގު ކަސްޓަމަރުންނަށް ވެގެންދާނެ ކަމަށާއި، ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލަޔަންސްގޭޓް ޕްލޭގެ ފިލްމުތައް ބެލޭނެ ކަމަށެވެ.

ލަޔަންސްގޭޓް ޕްލޭ އޭޝިއާގެ ޕްރެސިޑެންޓް، ރޯހިތު ޖެއިން ވިދާޅުވީ ދިރާގާއި ލަޔަންސްގޭޓް ޕްލޭއާ ދެމެދު މި ގާއިމު ކުރެވުނު ޕާޓްނާޝިޕްގެ ސަބަބުން ދެކުނު އޭޝިއާގައި އެކުންފުނީގެ ބައިވެރިވުން ވަރގަދަވުމުގެ އިތުރުން، ރާއްޖޭގެ ތަފާތު އޯޑިއަންސްތަކާއެކުވެސް ގުޅުން ބަދަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޕާޓްނާޝިޕްގެ ސަބަބުން ލަޔަންސްގޭޓް ޕްލޭގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަކަމާއެކު ރާއްޖޭގެ ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދީ، ބެލުންތެރިންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް މުއްސަނދި ވެގެންދާނެ ކަމަށްވެސް ރޯހިތު ވަނީ ވިދާޅުވެފަ އެވެ.

މި ޕާޓްނާޝިޕް ފާހަގަކޮށް ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިރާގުން ވަނީ ލަޔަންސްގޭޓް ޕްލޭގެ ލިމިޓެޑް އަދަދެއްގެ ހިލޭ ސަބްސްކްރިޕްޝަން ކަސްޓަމަރުންނަށް ހަދިޔާކުރުމަށް ނިންމާފަ އެވެ.

އެގޮތުން ދިރާގު އީޒޯންއިން ލަޔަންސްގޭޓް ޕްލޭގެ ހިލޭ އެއް މަސްދުވަހުގެ ސަބްކްރިޕްޝަން ނަގައިގެން ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވޭނެ ކަމަށާއި، ސަބްސްކްރިޕްޝަން ބޭނުންކުރުމަށްޓަކައި ކަސްޓަމަރުންގެ އެޕަލް ނުވަތަ ގޫގުލް ޕްލޭ ސްޓޯ އައިޑީ އަކީ ރާއްޖޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވިފައިވާ އައިޑީއަކަށް ވާންވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.