Advertisement

ދިރާގު ގުޑިފެސްޓް މިއަދު ހުޅުމާލޭގައި ބާއްވަނީ

31 މާރިޗު 2024 - 10:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިރާގުން ކުރިއަށް ގެންދިޔަ ގުޑި ފެސްޓިވަލްގެ ތެރެއިން -- ފޮޓޯ: ދިރާގު


ދިރާގު ގުޑިފެސްޓް މިއަދު ހުޅުމާލޭގައި ބާއްވަނީ

31 މާރިޗު 2024 - 10:17 0

ދިރާގު ގުޑިފެސްޓް މިއަދު ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދިރާގުން ބުނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ބާއްވާ އެ ހަރަކާތް އޮންނާނީ މިއަދު ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗް، ހުޅުމާލެ ފޭސް ދޭއްގެ އެންޓްރެންސްގައި ކަމަށެވެ.

ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ދިރާގު ގުޑިފެސްޓްގައި ބައިވެރިވެވޭނެ ކަމަށާއި މި އިވެންޓަށް އަންނަ ކޮންމެ ކުއްޖަކަށް ވެސް ހިލޭ ގުޑިއެއް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ގުޑިފެސްޓް އަކީ ރޯދަ މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން މިދިޔަ އަހަރު ދިރާގުން ފެށި ހަރަކާތެކެވެ.

އެގޮތުން ވޭތުވެދިޔަ ރޯދަ މަހެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން މި ރޯދަ މަހު ބޭއްވި ފުރަތަމަ ގުޑި ފެސްޓިވަލް މިދިޔަ އަންގާރަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވާފައިވާއިރު، އެ ހަރަކާތަށް ވަނީ ހޫނު ތަރުހީބެއް ލިބިފަ އެވެ.

ދިރާގުން އަންނަނީ ރޯދަ މަހާ ގުޅުވައިގެން އާންމުންނަށް ހިތްގައިމު ހަރަކާތްތަކާއި އޮފާތައް ގެނެސްދެމުންނެވެ.