Advertisement

މަސް މާރުކޭޓުގައި ރެހި ޖޯޑެއް ލިބެން ހުރީ 50ރ. އަށް

9 އޭޕްރީލް 2024 - 14:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާޒާރުގައި ރެހި ވިއްކަން ބަހައްޓާފައި: ޖޯޑެއް ލިބެން ހުރީ 50ރ. އަށް -- ފޮޓޯ: އަދަދު


މަސް މާރުކޭޓުގައި ރެހި ޖޯޑެއް ލިބެން ހުރީ 50ރ. އަށް

9 އޭޕްރީލް 2024 - 14:51 0

މަސް މާރުކޭޓުގައި ރެހި ޖޯޑެއް ލިބޭ އަގު 50ރ. އަށް ބޮޑުވެއްޖެ އެވެ.

މުޅި މި ރޯދަ މަހު ވެސް މަސް މާރުކޭޓުން ރެހި މަދުން ލިބުނުއިރު، ފުރަތަމަ ވިއްކާފައި ވަނީ ޖޯޑެއް 30ރ. އަށެވެ. ނަމަވެސް އިއްޔެއިން ފެށިގެން ރެހި ޖޯޑެއް ވިއްކަމުން އަންނަނީ 50ރ. އަށެވެ.

މިދިޔަ ރޯދަ މަހު ރެހި ޖޯޑެއް 15 ރުފިޔާ އާއި 10ރ. އަށް ވިއްކަމުން ގޮސްފައިވާއިރު، ކުރިން ރެހި ޖޯޑެއް އޭގެ ކުރީ ރޯދަ މަހު ވިއްކާފައި ވަނީ 5ރ. އަށެވެ.

މަސް މާރުކޭޓުގައި "އަދަދު" އާ ވާހަކަ ދެއްކި މީހަކު ރެހީގެ އަގު ބޮޑުވެފައި ވަނީ މިދުވަސްކޮޅު ރެހި ލިބުން މަދުވެފައިވާތީ ކަމަށާއި، މުޅި ރޯދަ މަހު ވެސް ޑިމާންޑާ އެއްވަރަށް ރެހި ފޯރުކޮށް ނުދެވޭ ކަމަށެވެ.

މިއަދު ކަނޑު މަސް ކިލޯއެއް 30ރ. އާއި 35ރ. އަށް ހުރިއިރު، ކަންނެލި ކިލޯއެއްގެ އަގު ހުރީ 35ރ އާއި 40ރ. ގަ އެވެ.

އޭގެއިތުރުން ބޯދި ޖޯޑެއް 15ރ. އަށް ހުރި އިރު، ގިނި މަހެއް ވިއްކަން ހުރީ 25ރ. އަށެވެ. އަދި ތިން ރިންމަސް 20ރ. އަށް ވިއްކާފައިވާއިރު، ހަތް މުށިމަސް ވިއްކާފައި ވަނީ 20ރ. އަށެވެ.

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ކިލޯއެއް 30ރ. އާއި 35ރ. އަށް ހުރިއިރު، ފެހި އާފަލެއް ލިބެން ހުރީ 8ރ. އަށެވެ. އަދި ރަތް އާފަލެއް 7ރ. އަށް ލިބެން ހުރިއިރު، އޮރެންޖެއް ލިބެން ހުރީ 6ރ. އަށެވެ.

ރޯދަ މަސް ފެށުނީއްސުރެ އަގު އެއްގޮތަކަށް ވެސް ނުވެއްޓޭ އެއްޗެހީގެ ތެރޭގައި ޖުމްހޫރީ މޭވާ، ރޯ ކަދުރު ހިމެނެ އެވެ. އެގޮތުން ޖުމްހޫރީ މޭވާ ކިލޯއެއް 100ރ. އަށްވުރެ މަތީގައި ހުރިއިރު، ރޯ ކަދުރު ކިލޯއެއް ހުރީ 400ރ. އަށެވެ.

އޭގެ އިތުރުން ކަނޑޫދޫ މިރުހުގެ 100 ގްރާމު މިއަދު ހުރީ 25ރ. އާއި 30ރ. އާ ދެމެދު އެވެ. އަދި ކިލޯއެއް ލިބެން ހުރީ 250ރ. އަށެވެ.