Advertisement

ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

9 އޭޕްރީލް 2024 - 12:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

9 އޭޕްރީލް 2024 - 12:17 0

ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ޒަކާތު ފަންޑުގެ މެނޭޖާ އަބްދުﷲ އަލީ "އަދަދު" ވިދާޅުވީ ފިތުރު ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ކައުންޓަރާއި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް 9،279،383ރ. ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ނަމަވެސް އޮންލައިންކޮށް ޒަކާތް ދެއްކޭނީ މާދަމާގެ ނިޔަލަށެވެ. އެއީ ރޯދަ މަހުގެ 27 ވަނަ ދުވަހެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ހަ މަންސައަކުން ޒަކާތް ދެއްކޭނެ އެވެ. އޭގެ ތެރޭގައި އުރީދު އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި ފަހިޕޭ ހިމެނޭއިރު، ބޭންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލުން ވެސް ޒަކާތް ދެއްކޭނެ އެވެ.