Advertisement

އުންމީދަކީ ހައްޖު ކޯޓާގެ ކޮންމެވެސް މިންވަރެއް އިތުރުވުން: ޝަހީމް

9 އޭޕްރީލް 2024 - 12:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހައްޖުގެ އަޅުކަމަށް ދިވެއްސަކު ފުރުން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އުންމީދަކީ ހައްޖު ކޯޓާގެ ކޮންމެވެސް މިންވަރެއް އިތުރުވުން: ޝަހީމް

9 އޭޕްރީލް 2024 - 12:21 0

އުންމީދަކީ ހައްޖު ކޯޓާ ކޮންމެވެސް މިންވަރެއް އިތުރުވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހައްޖު ކޯޓާއާ ގުޅޭ ގޮތުން ޝަހީމް "އަދަދު" އަށް ވިދާޅުވީ، ކޯޓާ އިތުރު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަމުގައި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދު އެބަ އޮތް ކަމަށެވެ.

ކޮވިޑަށްފަހު ހައްޖު ކޯޓާ ގައުމުތަކަށް އިތުރުކޮށްދެނީ މަޑުމަޑުން އެކި ޕަސަންޓަށް ބަހާލައިގެން ކަމަށާއި، އެގޮތުން ރާއްޖެއިން މިހާރު ވަނީ ރަސްމީކޮށް ކޯޓާ އިތުރުކޮށްދޭން އެދިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

މިހާރު ސައުދީ ސަރުކާރުން ރާއްޖެއަށް ދެނީ ކޮންމެ އަހަރަކަށް 2000 މީހުން ހައްޖަށް ފޮނުވުމުގެ ކޯޓާ އެކެވެ. އޭގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހަކު ހިލޭ ހައްޖަށް ފޮނުވުމަށް ނިންމައި، ގުރު ނަގައިގެން އެމީހުން ވަނީ ހޮވާފަ އެވެ.