Advertisement

މުސްލިމު ވޯލްޑްލީގުގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ޝަހީމް އައްޔަނުކުރައްވައިފި

9 އޭޕްރީލް 2024 - 13:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ވ) -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


މުސްލިމު ވޯލްޑްލީގުގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ޝަހީމް އައްޔަނުކުރައްވައިފި

9 އޭޕްރީލް 2024 - 13:04 0

މުސްލިމު ވޯލްޑް ލީގު (ރާބިތަތުލްއާލަމީލް އިސްލާމީ) ގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަނުކޮށްފި އެވެ.

އެ މަޖިލީހަށް ޝަހީމް 47، އައްޔަންކުރެއްވީ ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމުލް އީސާ އެވެ.

ރާބިތާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިތަތުލްއާލަމިލްއިސްލާމީގެ އެންމެ މަތީ މަޖިލީހެވެ.

ރާބިތާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގުވާމީ ޖަމިއްޔާ އެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މައްކާގަ އެވެ.